ކ. މާލެ
|
27 މެއި 2018 | އާދީއްތަ 12:56
ސިފައިންތަކެއް ބަޑި ހިފައިގެން
ސިފައިންތަކެއް ބަޑި ހިފައިގެން
ރޮއިޓަރސް
އެމެރިކާއިން ވިއްކާ ހަތިޔާރު
އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭ އުސޫލަށް ބަދަލުގެނެސްފި
ހަތިޔާރު ފޮނުވުމުގެ ނިޒާމަށް ވަނީ ބަދަލު ގެނެސްފައި
ޕެންޓަގަންއަށް ހަތިޔާރު ފޮނުވަން ލުއި ފަސޭހަ ވާނެ
ސައުދީ ވަނީ އީރާނުގެ މިސައިލް ހަމަލާއިގެ ޝިކާރައަކަށް ވެފައި

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކަށް، އެޤައުމުގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ މައި އިދާރާ، ޕެންޓަގަންއިން ހަތިޔާރު ފޮނުވުމަށް ހޭދަވާ މުއްދަތު އަވަސްކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފިއެވެ. 

މިގޮތަށް ނިންމާފައިވަނީ ހަތިޔާރު ފޯރުކޮށްދިނުމުގެ އޮނިގަނޑާއި މިންގަނޑަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގެނައި ބަދަލާއިއެކު ވަގުތާއި ހާލަތަށް ބަލައި އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ގެންގުޅޭ ގަވާއިދަށް ބަދަލުތައް ގެނައުމުގެ ފުރުޞަތު ވަނީ ހުޅުވިގެން ގޮސްފައެވެ. 

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، ރޮމޭނިއާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއާއި ނޭޝަނަލް ސެކުރިޓީއާ ބެހޭ މައުލޫމާތު ޝާއިޢު ކުރަމުންދާ ނޫހެއް ކަމަށްވާ ޑިފެންސް ވަން އިން ވަނީ އެމެރިކާގެ ޑިފެންސް އަންޑަރ ސެކްރެޓެރީ، އެލެން ލޯޑާއި ހަވާލާދީ، ޤައުމުތަކަށް ހަތިޠަރު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާ ކޮށްފައެވެ. އެ ނޫހުގައި ޝާއިޢު ކޮށްފައިވާ ގޮތުގައި އެމެރިކާއިން ދަނީ އެކި ޤައުމުތަކާ ހަތިޔާރު ފޮނުވުމަށް ޚާއްސަ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އޭގެ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި ރޯމޭނިއާއަށް ޕެޓްރޮއޮޓް މިސައިލް ފޮނުވުމާއި، ޖަޕާނަށް ގްލޯބަލް ހޯކް މަތިންދާބޯޓް ފޮނުވުމާއި، ސައުދިީ އަރަބިއާއަށް ދިފާއީ މިސައިލް ފޮނުވުމާއި، އެހެނިހެން ރަހްމަތްތެރި އަދި ވިޔަފާރީގެ ގުޅުން އޮންނަ ގައުމުތަކަށް މިސައިލް ދޫކުރާ އުޅަދުތަށް ފޮނުވުމަށް ހިންގާ ޕްރޮގްރާމްތައް ހިމެނެއެވެ. 

އަލަށް ތަޢާރަފް ކުރި ނިޒާމްގެ ސަބަބުން ހަތިޔާރު ފޯރުކޮށްދޭން ޕެންޓަގަނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެން ދާނެކަމަށް ވަނީ ބެލެވިފައެވެ. އަދި ހަތިޔާރު ފޮނުވުމަށް ނަގާ ދިގު މުއްދަތު ކުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ. 

ސައުދީ އަރަބިއާއަށް އެމެރިކާއިން ދިފާއީ މިސައިލް ފޯރު ކޮށްދޭން ނިންމައިފައިވާއިރު ފާއިތު ދުވަސްތަކުގައި ސައުދީން ވަނީ އީރާނުގެ މިސައިލް ހަމަލާއެއްގެ ޝިކާރައަކަށް ވެފައެވެ. އަދި މި ދުވަސް ވަރަކީ އީރާނުން އެ ގައުމުން އުފައްދަމުންދާ މިސައިލްތައް ވަރުގަދަ ކުރަމުންދާ ދުވަސް ވަރެއްމެއެވެ.

މިދިޔަ އަހަރު އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހަތް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށް ވިއްކުމަށް ނިންމައިފައެވެ.  

 

- ކޮމެންޓް