ކ. މާލެ
|
25 މެއި 2018 | ހުކުރު 17:38
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ޖަޒީރާ ރައީސް
ޖަޒީރާ ރައީސްގެ ކެމްޕެއިން: މާފަންނު ހުޅަނގު ބޮނޑިބަތް މިރޭ
މި ހަރަކާތް ބޭއްވުމަށް ނިންމާފައި ވަނީ އެލްސިޔޯން ސަރަހައްދުގައި

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން 'މާފަންނު ހުޅަނގު ބޮނޑިބަތް' ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

"މާފަންނު ހުޅަނގު ބޮނޑިބަތް" ނަމުގައި މި ހަރަކާތް ބޭއްވުމަށް ނިންމާފައި ވަނީ މެއި މަހުގެ 25 ވަނަ ދުވަހުގެރޭ 9:45 ގައި އެލްސިޔޯން ބޭކަރީ ހުންނަ ސަރަހައްދުގައެވެ. މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، އަރިއަތޮޅު އުތުރުބުރި އަދި މިލަދުންމަނޑުލު ދެކުނު ބުރިއަށް ކުރަން ހަމަޖެހިފައިވާ ކެމްޕެއިން ދަތުރުތަށް ވަނީ ފަސްކޮށްފައެވެ. އެހެންނަކަމުން ކުރިން ވެލީދޫ އަދި އުކުޅަހުގައި ބާއްވަން ނިންމާފައިވަ ޖަލްސާތައް މި މަހުގެ 27 އަދި 28 ގައި ބާއްވަން ވަނީ ހަމަޖައްސާފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ބުނީ މި ޖަލްސާތަކުގައި ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ރާއްޖޭގެ އެކިއެކި ރަށްތަކުގެ އެމްޑީޕީ މެމްބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމަނިކުފާނު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ސްކައިޕް މެދިވެރިކޮށް، މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ގުޅުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި އެ ޕާޓީގެ އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް ބައިއަތު ހިއްޕަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް