ކ. މާލެ
|
25 މެއި 2018 | ހުކުރު 17:07
ބޮން ގޮއްވާލި ރެސްޓޯރެންޓް
ބޮން ގޮއްވާލި ރެސްޓޯރެންޓް
ރޮއިޓަރސް
ކެނެޑާގައި ބޮމެއް ގޮއްވާލުން
ކެނެޑާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެއްޖެ
ބޮން ގޮއްވާލި މީހުން ވަނީ ފިލާފައި
އެ މީހުން ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފައި

ކެނަޑާގެ އިންޑިއަން ރެސްޓޯރަންޓަކަށް ދެ މީހުން ދިން ބޮމުގެ ހަމާލާގައި އެތައް ބަޔަކު ޒަޚަމްވެ، ތަނަށް ބޮޑު ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، އަމިއްލައަށް ގޮވާގޮތަށް ތައްޔާރުކޮށްފައިވާ ބޮމެއް ބޭނުން ކޮށްގެންނެވެ. ހަމަލާދިން މީހުން ވަނީ ރެސްޓޯރަންޓްގައި ބޮން ހަރުކުރުމަށްފަހު ފިލާފައެވެ. ބޮން ގޮވުމާއި ގުޅިގެން ފަނަރަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނު އިރު، އޭގެ ތެރެއިން ތިން މީހުންނަށް ވަނީ ސީރިއަސް ޒަޚަމްތައް ލިބިފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ކެނެޑާ ގަޑިން ރޭގަނޑު 10:30 ހާއިރުއެވެ. އެ މީހުން ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް "ޕީލް ރީޖަނަލް ޕެރަމެޑިކް ސާރވިސް" އިން ޓުވީޓަރ މެދުވެރިކޮށް ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވަނީ ހަމަލާދިން މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ފޮޓޯ ޓުވިޓާގައި ވަނީ އާންމު ކޮށްފައެވެ. 

މި ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް