ކ. މާލެ
|
25 މެއި 2018 | ހުކުރު 01:07
ސައުދީގެ އެއް ރިޔާލުގެ ނޫޓުތަކެއް
ސައުދީގެ އެއް ރިޔާލުގެ ނޫޓުތަކެއް
ރޮއިޓަރސް
ސައުދި އަރަބިއްޔާ
ސައުދި އަރަބިއްޔާއިން އެގައުމުގެ އެއް ރިޔާލް ނޫޓު ދައުރުކުރުން ހުއްޓުވަނީ
ނޫޓުގެ ބަދަލުގައި ދައުރު ކުރަން ނިންމައިފައި ދަގަނޑު ފައިސާ
1 ރިޔާލްގެ ނޫޓު ފައިސާ ވަކި މުއްދަތަކަށް ބޭނުން ކުރެވޭނެ

ސައުދި އަރަބިއްޔާއިން އެއް ރިޔާލު (އެއް ރުފިޔާ)ގެ ނޫޓުތައް ބުރާސްފަތި ދުވަހުން ފެށިގެން ދައުރު ކުރުން ހުއްޓުވަން އެގައުމުގެ މަނިޓަރީ އޮތޯރިޓީ އިން ނިންމައިފިއެވެ.

މަނިޓަރީ އޮތޯރިޓީން ވަނީ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ބުދަ ދުވަހު މިކަން އިއުލާން ކޮށްފައެވެ. އެއް ރިޔާލު ނޫޓުގެ ބަދަލުގައި ދައުރު ކުރަން ނިންމައިފައި ވަނީ އެއް ރިޔާލުގެ ދަގަނޑު ފައިސާއެވެ.

މި ނިންމުން ނިންމި ނަމަވެސް ވަކި މުއްދަތަކާއި ހަމައަށް އެއް ރިޔާލްގެ ނޫޓު ފައިސާ ބޭނުން ކުރެވޭނެ ކަމަށް މަނިޓަރީ އޮތޯރިޓީން ވަނީ އިއުލާން ކޮށްފައެވެ. ސައުދީގައި އާންމުންގެ އަތުން ދައުރުވާ ފައިސާގެ 49 އިންސައްތަ އަކީ އެއް ރިޔާލްއެވެ. އެއާއެކުވެސް އެއް ރިޔާލްކީ ބޭންކުތަކަށް މަދުން ނޫނީ ޖަމާ ނުކުރާ ފައިސާއެކެވެ.

ސައުދީ އަރަބިއްޔާއިން ވަނީ 2016 ވަނަ އަހަރު އަލަށް އެއް ރިޔާލާއި ދެ ރިޔާލުގެ ފައިސާ ފޮތި ނެރެފައެވެ.

އެއް ރިޔާލްގެ ޑިޒައިނަށް ބަލާއިރު ފައިސާ ފޮތީގެ މެދުގައި ވަނީ ސަލްމާން ރަސްގެފާނުގެ ކުރެހުމެކެވެ. ކަނާތް ފަރާތުގައި ވަނީ ރަސްގެފާން ނަން ލިޔެވިފައެވެ. އެއާއެކު ރަސްގެފާނު ލަގަބު ކަމަށްވާ "މަތިވެރި ވެގެންވާ ދެ މިސްކިތުގެ ބެލެހެއްޓުންތެރިޔާ" ވެސް ވަނީ ރަނުން ޖަރީއަ ކޮށްފައިވާ، އެ ސަރަހައްދުގައި ލިޔެފައެވެ. ވާތް ފަރާތުގައި ވަނީ ރަސްގެފާނަށް ޚާއްސަ ޑިޒައިނެއް ބޭނުން ކޮށްގެން ރީތި ކުރެވިފައެވެ.

އެއްރިޔާލުގެ ނުފުށުގެ މެދުގައި ވަނީ ރިހިން ބޮޑު އަކުރުން އެކެއް ލިޔެފައެވެ. އެކެއްގެ މަތީގާ އަރަބިން ބަހުން އެއަދަދު ލިޔުނީރު ތިރީގައި ވަނީ އެ އަދަދު އިނގިރޭސި ބަހުން ލިޔެފައެވެ. ކަނާތް ފަރާތުގައި ރަސްގެފާނުގެ ފުރިހަމަ ނަން ލިޔެފައިވާއިރު ފައިސާ ފޮތީގެ ކުރިމައްޗާއި އެއްގޮތަށް، ވާތް ފަރާތުގައި ވަނީ ރަސްގެފާނަށް ނިސްބަތްވާ ޑިޒައިން ބޭނުން ކޮށްގެން ފަރުމާ ކުރެވިފައެވެ. ފައިސާ ފޮތީ މަތީގައި ހިޖްރީ އަހަރު (1438) ލިޔެފައިވާ އިރު ތިރީގައި ވަނީ ގުރެގޯރިއަން އަހަރުން (2016) ލިޔެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް