ކ. މާލެ
|
25 މެއި 2018 | ހުކުރު 01:04
އެމްޓީސީސީ ފެރީ...
އެމްޓީސީސީ ފެރީ...
އެމްޓީސީސީ
އެމްޓީސީސީ
މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ދަތުރުތައް ލަސްވެދާނެ: އެމްޓީސީސީ
އެމްޓީސީސީން ވަނީ އަތޮޅު ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ 20 ދަތުރު ކެންސަލް ކޮށްފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވެދާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރަށް އެމްޓީސީސީން ވަނީ އަތޮޅު ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ 20 ދަތުރު ކެންސަލް ކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.  

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކުރާ މިންވަރު އިތުރުކަމަށާއި، ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް