ކ. މާލެ
|
25 މެއި 2018 | ހުކުރު 01:02
2014 ވަނަ އަހަރު މެލޭޝިއާގެ މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު
2014 ވަނަ އަހަރު މެލޭޝިއާގެ މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު
ރޮއިޓަރސް
މެލޭޝިއާގެ މަތިންދާ ބޯޓު
އެމްއެޗް17ގެ ތަހްގީގު: ބޯޓް ވައްޓާލީ ރަޝިއާގެ މިސައިލަކުން
ދަ ހޭގްއަށް ވަނީ ތަހުގީގު ޓީމުން ރިޕޯޓެއް ހުށަހަޅާފައި
މަތިންދާ ބޯޓުގައި ވަނީ އެކި ވަރުގެ ބާތައް ހެދިފައި
މިސައިލް ފޮނުވާލި ކަމަށް ބެލެވެނީ ރަޝިއާއިން

ޔޫކްރޭންގެ މަތިންލާފައި ދިޔަ މެލޭޝިއާގެ މަތިންދާ ބޯޓު، އެމްއެޗް ސަތާރަ ވައްޓާލައިފައި ވަނީ ރަޝިއާގެ މިސައިލްއަކުން ކަމަށް ތަހްގީގު ކުރަމުންދާ ބައިނަލް އަގްވާމީ ޓީމުން ބުނެފިއެވެ.

ނެދަލޭންޑްސް ގައި ހުންނަ ބައިނަލް އަގްވާމީ ކޯޓް، ދަ ހޭގްއަށް އެ ޓީމުން ބުރާސްފަތި ދުވަހު ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ 2014 ވައްޓާލި މަތިންދާ ބޯޓަށް ހަމަލާ ދީފައިވާނީ ރަޝިއާގެ މިސައިލް އަކުން ކަމަށް އެކަށީގެންވާ ހެކިތައް ލިބިފައިވާ ކަމަށެވެ.

އެމްއެޗް ސަތާރަ، ބޮއިންގް 777 ގެ މަތިންދާ ބޯޓު ގޮއްވާލާފައި ވަނީ އެމްސްޓަޑާމްއިން މެލޭޝިއާގެ ވެރިރަށް ކުއެލަ ލަމްޕޫރަށް ދަނިކޮށެވެ. އެ ހާދިސާގައި ބޯޓުގެ ހުރިހާ ފަތުރުވެރިންނާއި ފަޅުވެރިން ވަނީ މަރުވެފައެވެ.

ޔޫކްރޭން ތަހްގީގު ކުރި އިރު ބުނެފައިވަނީ މިސައިލް ހަމަލާގެ ސަބަބުން މަތިންދާ ބޯޓުގައި އެކި ވަރުގެ ބާ ހެދުމުގެ ސަބަބުން ފުލައިޓްގެ ޕްރެޝަރު ވަނީ ކޮންޓްރޯލުން ނެއްޓިފައިކަމަށެވެ.

މިސައިލް ފޮނުވާލައިފައި ވަނީ ރަޝިއާއަށް ތާއިދު ކުރާ، ޔޫކްރެއިން ވަކިވެގެން އުޅޭ ރައްޔިތުންގެ ބާރު ދަށުގައިވާ ސަރަހައްދަކުންނެވެ. އެވަގުތަކީ ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީގެ ސަރަހައްދު އެ ގައުމުގެ ބާރު ދަށަށް ގެންނަން ހަނގުރާމަ ކުރަމުން ދިޔަ ދުވަސް ވަރެކެވެ.

ރަޝިއާއިންނާއި ޔޫކްރެއިންގެ ސަރުކާރާ ވަކިވެގެން އުޅޭ މީހުން ވަނީ މިސައިލް ފޮނުވީ އެމީހުންކަމަށް ކުރަމުންދާ ތުހުމަތުތައް ދޮގު ކޮށްފައެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު އދ. އިން މިހަމަލާ ތަހްގީގުކޮށް އިހްމާލުވާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ހުށަހެޅި ހުށަހެޅުމަށް ރަޝިއާއިން ވަނީ ދެކޮޅުހަދާފައެވެ. އަދި ވަނީ ވީޓޯގެ ބާރު ބޭނުން ކޮށްގެން ތަހްގީގު ނުކުރެވޭނެ ގޮތް ހަދާފައެވެ.

ރަޝިއާގައި ހުރި އަލްޖަޒީރާ ރިޕޯޓަރެއް ބުނީ ތަހްގީގު ކުރަމުންދާ ބައިނަލް އަގްވާމީ ޓީމުން ހޯދި ހޯދުންތައް ތުންތުން މަތިން އަޑުއިވެމުންދާ ކަމަށެވެ. އެ މީހުންގެ ތަހްގީގުން އިހްމާލުވާ މީހުންގެ ނަންތައް ބުނިކަމުގައި ނުވިޔަސް ވަރަށް ސާފުކޮށް އެ ދައްކަނީ ރަޝިއާގެ މިލިޓަރީގެ ވާހަކަ ކަން އެގޭކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވަނީ އެތައް އަހަރެއް ވަންދެން މަތިންދާބޯޓަށް މިސައިލް ފޮނުވީ ރަޝިއާއިން ކަމަށް ވިދާޅުވެ އެ ގައުމު އިންސާފު ކުރިމައްޗަށް ގެނައުމަށް ގޮވާލައްވަވާ ފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް