ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 18:12
މާލޭގެ މަގުމަތީގައި ފެންބޮޑުވެފައި
މާލޭގެ މަގުމަތީގައި ފެންބޮޑުވެފައި
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
ރާއްޖޭގެ 18 އަތޮޅަށް ޔެލޯ އެލަރޓް ނެރެފި
ހއ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ  އެލަރޓް ނެރެފައިވޭ
އެވްރެޖް ގޮތެއްގައި 25 މޭލާއި 32 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ
ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ

ރާއްޖޭގެ 18 އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.

 މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. މި ހިސާބުތަކަށް އެވްރެޖް ގޮތެއްގައި 25 މޭލާއި 32 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭ އިރު ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރާކުރާނެ ކަމަށް ލަފާކޮށްފައިވާ އިރު ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދޭކަމަށާއި ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރު ކުރައްވާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް