ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 18:56
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ
އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލައިފި
ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ހިންގި އޮޕަރޭޝަނުގައި މިނިވަން އިންސްޕެކްޓަރުން އުތުރު ކޮރެއާ އިން ބައިވެރިކޮށްފައެއް ނުވޭ

އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އަދި މި ޓަނަލްތައް ގޮއްވާލީ ސަރަހައްދީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ޓަނަލްތައް ގޮއްވާލި ސަރަހައްދުގައި ތިބި ބޭރުގެ ނޫސްވެރިން ވަނީ ބޮޑެތި ގޮވުންތަކެއް ނިއުކްލިއާ ޓެސްޓް ކުރާ ސައިޓުގައި ގޮވިތަން ފެނުނު ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަަމަށެވެ. އެހެންނަމަވެސް ސައިންސްވެރިން ބުނާގޮތުން 2017 ގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާ އިން ކުރި ނިއުކްލިއަރ ޓެސްޓާ ގުޅިގެން އެ ސައިޓުގެ އެއްބައި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބީބީސީ އިން ބުނާގޮތުން އުތުުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ހިންގި އޮޕަރޭޝަނުގައި މިނިވަން އިންސްޕެކްޓަރުން އުތުރު ކޮރެއާ އިން ބައިވެރިކޮށްފައެއް ނުވެއެވެ. އަދި ބައެއް މީހުން ބުނާގޮތުން ސައިޓު ހަލާކުކުރިއަސް ކުރިން ހުރި ހާލަތަށް ސައިޓު ރުޖޫއަ ކުރެވޭނެއެވެ. 

ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓްކުރާ ހަމައެކަނި ސައިޓުގެ ޓަނަލްތައް ގޮއްވާލި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ ޖޫން 12 ގައި ސިންގަޕޫރުގައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އެހެންނަމަވެސް މި ބައްދަލުވުމަށް ހިޔަނި އެޅިފައިވާއިރު، މި ބައްދަލުވުން ފަސްކުރަން ޖެހިދާނެ ކަމަށް ނުވަތަ އެކީ ކެންސަލް ކުރަން ޖެހިދާނެ ކަމަށްވެސް ދެގައުމުން ވަނީ ބުނެފައެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް