ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 18:01
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ބްރިޖް
ބްރިޖު މެދުވެރިކޮށް ފެން ހޮޅިލައިން އަޅަން ބަޔަކާ ހަވާލުކޮށްފި
މިމަސައްކަތް ހަވާލުކޮށްފައިވަނީ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަންއާ
ފެން ހޮޅިލައިންގެ މަގުސަދަކީ މާލެ އަދި ހުޅުމާލެއަށް ބޭނުންވާ ފެން، ބްރިޖު މެދުވެރިކޮށް ޕަމްޕް ކުރެވޭނެ ނިޒާމެއް ގާއިމްކުރުން
މި މަޝްރޫއަށް ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ

މާލެ އާއި ހުޅުލެއާ ދެމެދު ތަރައްގީކުރަމުން އަންނަ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން އަދި ފައިބާ އޮޕްޓިކް ކޭބަލް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާ އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްއެވެ. ސީސީސީސީ ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ޒެންގް ނަން ހައިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ބްރިޖު މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ނިޒާމާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފެން ހޮޅިލައިންގެ މަގުސަދަކީ މާލެ އަދި ހުޅުމާލެއަށް ބޭނުންވާ ފެން، ބްރިޖު މެދުވެރިކޮށް ޕަމްޕް ކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ސެކިއުރިޓީ މުޅިން ޔަގީން ކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ހުރިހާ އާލާތްތަކެއް މިހާރު މާލެއަށް ގެނެސްފައިވާ ކަމަށާއި އެހެންކަމުން އުއްމީދަކީ ވީހާވެސް އަވަހަކަށް އެ މަޝްރޫއުގެ މަސައްކަތް ފެށުން ކަމަށެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ޗައިނާގެ ހާބަރ އިންޖިނިއަރިންއާ ހަވާލުކުރި ނަމަވެސް އެ މަޝްރޫއުގައި ބޭނުންކުރާ ހޮޅިތައް ސަޕްލައި ކޮށްދޭން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީން ކަމަށެވެ.

ގާތްގަނޑަކަށް 1.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރާ މިމަޝްރޫއުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް