ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:49
މިނިސްޓަރ ޓެބްލެޓް ހަވާލުކޮށް ދެއްވަނީ - މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިނިސްޓަރ ޓެބްލެޓް ހަވާލުކޮށް ދެއްވަނީ - މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
އެޑިއުކޭޝަން މިނިސްޓްރީ
މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ހަވާލުކޮށް ނިންމައިފި
އަންނަ ހަފުތާގައި އަތޮޅުތަކުގެ ސްކޫލު ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށާނެ
ޓެބްލެޓަށް ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ހަވާލުކޮށް ނިންމައިފިއެވެ.

މާލޭ ސަރަހައްދުތަކަށް ޓެބްލެޓް ހަވާލުކުރަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ހުރިހާ ސްކޫލުތަކުގެ ޓީޗަރުންނަށް ޓެބްލެޓްތައް މިއަދު ހަވާލުކޮށް ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާގައި އަތޮޅުތަކުގެ ސްކޫލު ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ.

ތައުލީމީ ދާއިރާއަށް ގެންނަން އުޅޭ ބޮޑު އިންގިލާބަށް ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސްކޫލުތައް ޑިޖިޓަލް ކުރުމުގެ މަޝްރޫއުގެ ދަށުން 70,000 އަށް ވުރެ ގިނަ ޓެބްލެޓް ގަތުމަށް މެކްސްކޮމް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވާއިރު އެތަކެތި ގަތުމަށް 200 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް