ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 17:03
މާލޭގެ ބޭރު ތޮށްޓައް ރާޅެއް ބިންދާލަނީ
މާލޭގެ ބޭރު ތޮށްޓައް ރާޅެއް ބިންދާލަނީ
މުހައްމަދު އަނިލް
ރާއްޖެ މޫސުން
ތޫފާން މެކުނު ރާއްޖޭ ސަރަހައްދާ ދުރަށް، މިތޫފާނާ ގުޅިގެން ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ: މެޓް އޮފީސް
ތޫފާން މެކުނު ރާއްޖެއާ 2050 ކިލޯމީޓަރު ދުރުގައި
މި ތޫފާނު ދަތުރުކުރަމުންދަނީ މެދުއިރުމައްޗާދިމާލަށް
މިތޫފާނުގެ ސީދާ އަަސަރު ރާއްޖެއަށް ނުކުރާނެ

އަބަރި ކަނޑުގައި އުފެދިފައިވާ ކޮޅިގޮނޑުގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެތޫފާނަށް ދީފައިވަނީ ރާއްޖެއިން ހުށަހެޅި ނަން ކަމަށްވާ ތޫފާނު "މެކުނު" ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

 މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިދިޔަ އަންގާރަ ދުވަހު އެކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. ތޫފާނަށް ދެވިފައިވާ ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާނުތަކަށް ނަންދިނުމުގެ މިންގަނޑަށް ރާއްޖެއިން ހުށަހަޅާފައިވާ ނަންނަމުގެ ތެރެއިން މެކުނެވެ. ތޫފާނު މެކުނު މިހާރު ހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނަޑަކަށް 2050 ކިލޯމީޓަރު ދުރުގަ އެވެ. މި ތޫފާނު ދަތުރުކުރަމުންދަނީ މެދުއިރުމައްޗާއި ދިމާލަށް, ރާއްޖެއާ ދުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. ކުރިއަށް އޮތް 06 ގަޑިއިރުގެ ތެރޭގައި ތޫފާނު މެކުނު އިތުރަށް ބާރުގަދަވެ، 26 މެއި ވާ ހޮނިހިރު ދުވަހު ހެނދުނު އޮމާން އާއި ޔަމަން ގުޅޭ ސަރަހައްދުގެ އައްސޭރި ހުރަސް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ލަފާއެއް ނުކުރެވޭ ކަމަށް އެއިދާރާއިން ބުނެ އެވެ.

މި ތޫފާނާ ގުޅިގެން މި ސަރަހައްދުގައި ބާނި ބޮޑުވެ، ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް