ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:26
ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ފުލުހުން ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުހައްމަދު
ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ފުލުހުން ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުހައްމަދު
ޓްވިޓަރ
ފުލުހުން ހައްޔަރުކުރުން
ކޯޓުން ސައިފް އާއި ފާއިޒް އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
އަމުރުކުރީ ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ވިދިގެން ހިނގައިދިޔަ ކަންތައްތަކަށްފަހު ހައްޔަރުކުރި 8 ފުލުހުންގެ ތެރެއިން ގޭބަންދުގައި ތިއްބައި މާފުށީ ޖަލަށް ބަދަލުކުރި ދެ މީހުން އަލުން ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާފުށީ ޖަލުގައި ތިއްބައި އަލުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ފުލުހުން ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުހައްމަދެވެ. ބުރާސްފަތި ދުވަހު މި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 30 ދުވަސް ފަހުން ރިވިއު ކުރާ ގޮތަށް، ޝަރީޢަތް ނިމެންދެން ސައިފް އާއި ފާއިޒު ގޭބަންދުގައި ބޭތިއްބުމަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ސައިފް އާއި ފާއިޒް ގޭބަންދުގައި ތިއްބައި އަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޖާސޫސީ ރިޕޯޓަކާއި ގުޅިގެންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މި 8 ފުލުހުން ހައްޔަރުކޮށްފައިވަނީ ވެރިކަން ވައްޓާލަން އުޅުނު ކަމާއި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރުގާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ފުލުހުންގެ ބަންދުގައި ބޭތިއްބުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު ނިމެންވެފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ މި 8 ފުލުހުން މާފުށީ ޖަލުގައި ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. މި މުއްދަތުގައި މި 8 ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލައި، މި 8 ފުލުހުންވެސް ފުލުހުންގެ ޚިދުމަތުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އޭގެ ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މި 8 މީހުން 30 ދުވަސް ފަހުން ރިވިއު ކުރާ ގޮތަށް، ޝަރީޢަތް ނިމެންދެން ގޭބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ސައިފް އާއި ފާއިޒް ޖަލަށް ބަދަލުކޮށްފައިވަނީ އޭގެ ފަހުންނެވެ.

ސައިފް އާއި ފާއިޒްގެ އިތުރުން ދެން ތިބި 6 މީހުން ވޭތުވެދިޔަ އެއްމަސްދުވަހު ގޭބަންދުގައި ބޭތިއްބުމަށްފަހު، މައްސަލަ ރިވިއު ކުރުމަށް ބުދަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 30 ދުވަސް ފަހުން ރިވިއު ކުރާ ގޮތަށް، ޝަރީޢަތް ނިމެންދެން އެ ހަމީހުންވެސް ގޭބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ސައިފްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ކުރީގެ ސާޖަންޓް އަހުމަދު އާސިމާއި، ކުރީގެ ސާޖަންޓް އަލީ ރިޝްވާނާއި، ކުރީގެ ސާޖަންޓް އަބްދުﷲ ރިޔާޒާއި، ކުރީގެ ކޯޕްރަލް އަލީ ނަސީރުގެ އިތުރުން ކުރީގެ ކޯޕްރަލު ހަސަން ނަސީރު އަދި ކުރީގެ ކޯޕްރަލު މުހައްމަދު ޝާމިންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
24 މެއި 2018 | ބުރާސްފަތި 11:55
vagu
ބަލަގަ ކޮން އިންޓެލް ރިޕޯޓެއްތޯ ތިއުޅޭ ވިރުދާނު އަކަ އަޒުމަތަކާ މިކަކަލަ ބައިގަނޑެއް އެބަ އުޅޭ ކޮންޓްރެކްޓް އުސުލުން ތަހުގީގް ކުރާ ދެން ބަލަމާ ވާނެ ގޮތް ޔާމިން ބޭނުނވިގޮތަކަން މި މިހުން ކުރިޔައް ގެން ދާބނެ