ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 13:56
އިނގެރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދި ޕެސިފިކް، މާކް ފީލްޑް
އިނގެރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދި ޕެސިފިކް، މާކް ފީލްޑް
ގޫގުލް
ރިޔާސީ އިންތިޚާބު 2018
އެމްޑީޕީ އުވާލަން އިންޒާރު ދިނުމަކީ ރައީސް ޔާމީން އިންސާނީ ޙައްޤުތަކާއިމެދު އަޅާނުލާކަމުގެ މިސާލެއް: މާކް ފީލްޑް
ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަށްވެސް ގޮވާލެއްވި

އިދިކޮޅި ޕާޓީތައް އުވާލާނެ ކަމުގެ އިންޒާރު ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން، އިންސާނީ ޙައްޤުތަކާއިމެދު އަޅާނުލައްވާކަމުގެ މިސާލެއް ކަމަށް އިނގެރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދި ޕެސިފިކް، މާކް ފީލްޑް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި މާކް ފީލްޑް ވިދާޅުވީ، އިންތިޚާބާއި ގާތްވެފައި ވަނިކޮށް، އިދިކޮޅު ޕާޓީތައް އުވާލަނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން ދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި އެއީ ރައީސް ޔާމީން އިންސާނީ ޙައްޤުތަކާއިމެދު އަޅާނުލައްވާކަމުގެ މިސާލެއް ކަމަށްވެސް މާކް ފީލްޑް ވިދާޅުވިއެވެ.

މާކް ފީލްޑް ވަނީ ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މާކް ފީލްޑް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނަމަ، އެ ޕްރައިމަރީ ހުއްޓުވައި، އެމްޑީޕީއާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 މެއި 2018 | ބުރާސްފަތި 09:58
މމ
ހޫ ކެއާރސް މޭން