ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 13:05
އާރަށް ކައިރިން ބަންޑުން ޖަހާލި ދޯނި
އާރަށް ކައިރިން ބަންޑުން ޖަހާލި ދޯނި
މޯލްޑިވްސް ޕޮލިސް ސާރވިސް
މޫސުން ގޯސްވުން
އާރަށް ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި!
3 މީހުން ދަތުރުކުރި
ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން
އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ

ވިއްސާރަވެ ކަނޑަގަދަވުމުގެ ސަބަބުން މާލެ އަތޮޅު އާރަށް ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ ދޯނި ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުކުރި 11:30 ހާއިރުކަމަށެވެ. މިދޯނީގައި 3 މީހުން ދަތުރުކުރިކަމަށާއި، އެއީ 2 ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. އެ 3 މީހުންނަށް ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. 

މޫސުން ގޯސްވެ، ކަނޑު ގަދަވެފައިވާއިރު، މާލެ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ހިސާބުތަކަށް މެޓް އޮފީހުން ވަނީ މިހާރު ޔެލޯ އެލަރޓް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް