ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 11:29
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހިޔާ މަޝްރޫއު އިފްތިތާހުކޮށްދެނީ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހިޔާ މަޝްރޫއު އިފްތިތާހުކޮށްދެނީ
ރައީސް އޮފީސް ޓްވިޓާ
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި
އިސްލާހު ގެނެސްފައިވަނީ އުމުރުގެ ބަޔަށް
7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައި
12 ކެޓަގަރީއަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލެވިފައި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދޫކުރާ ހިޔާ 2018 މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއްގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި އެވެ.

 ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން، އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނާއި  18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ 2 ކެޓެގަރީއަކަށް ވަނީ އިސްލާހު ގެނެސްފައެވެ..

އަލަށް ގެނެވުނު އިސްލާހުގައި ވަނީ ފޯމު ހުށަހަޅާ ތާރީހާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރުފުރި 30 އޭޕްރިލް 2018އާއި ހަމައަށް 41 އަހަރު ފުރިފައިނުވުން ކަމަށް ހައުސިންގ މިނިސްތްރީން ބުނެ އެވެ.

މީގެ ކުރިން މިދެ ކެޓަގަރީގައިވެސް ބަޔާންކޮށްފައިވަނީ 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓެގަރީގެ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގެ ތެރެއިން ފޯމު ހުށަހަޅާ ތާރީހާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރުފުރި 41 އަހަރު ފުރިފައިނުވުމެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށްވެސް ވަނީ ހުޅުވާލާ އެވެ

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ބަލައިގަތުން ކުރިއަށްދާނީ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް