ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 11:13
ފްލައިދުބާއީގެ ފްލައިޓެއް
ފްލައިދުބާއީގެ ފްލައިޓެއް
ގޫގުލް
ފްލައިދުބާއީ
ފްލައިޓް ހައިޖެކެއް ނުކުރޭ: ފްލައިދުބާއީ
ފްލައިޓް އަނބުރާލައި ދުބައީއަށް ޖެއްސީ "ބަސްނާހާ" ފަސިންޖަރެއްގެ ސަބަބުން

އީރާނުގެ ވައިގެ ސަރަޙައްދުގައި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކް ކުރިކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ އެ އެއާލައިނުން ދޮގުކޮށްފިއެވެ.

ފްލައިދުބާއީ އިން ނެރުނު ބަޔާނެއްގައި ބުނީ، ދުބާއީ އިން ކާބުލްއަށް ފުރި ފްލައިޓް ހައިޖެކް ކޮށްފައި ނުވާކަމަށާއި، އެ ފްލައިޓް ހައިޖެކް ކުރުމަށް މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ފްލައިޓް ދަތުރު ފެށުމަށް ފަހު އަނބުރާ ދުބާއީގައި ޖެއްސި ކަމަށާއި، އެގޮތަށް ހަދަންޖެހުނީ ފްލައިޓްގެ ފަސިންޖަރަކު ފްލައިޓް ތެރޭގައި ކްރޫއިންގެ ބަސް ނާހައި އެހެން ފަސިންޖަރުންނަށް އުނދަގޫ ކުރުމުން ކަމަށެވެ.

މި ހާދިސާ ދިމާވެފައިވަނީ އެ އެއާލައިންގެ ފްލައިޓް ނަންބަރު FZ301 ގައި ކަންވެސް އެ އެއާލައިނުން ވަނީ ޔަޤީންކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް އަނބުރައި ދުބާއީއަށް ޖެއްސުމާއިއެކު، ހަމަނުޖެހުން އުފެއްދި ފަސިންޖަރު ވަނީ ފްލައިޓުން ބާލައި، ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެއަށް ފަހު އެ ފްލައިޓް ވަނީ ކުރިން ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކާބުލްއަށް ދަތުރުކޮށްފައެވެ.

ފްލައިދުބާއީއިން އިތުރަށް ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށާއި، މި މައްސަލައިގައި ހާމަކުރަންޖެހޭ އިތުރު މަޢުލޫމާތެއް ވާކަން ފާހަގަވެއްޖެނަމަ އެ މަޢުލޫމާތެއް ހާމަ ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް