ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 11:14
މުހައްމަދު ހަސަންފުޅު (އެމެޓީ ސޭޓް)
މުހައްމަދު ހަސަންފުޅު (އެމެޓީ ސޭޓް)
ރާއްޖެއެމްވީ
އެމެޓީ ސޭޓް ނިޔާވުން
އެމެޓީ ސޭޓް ނިޔާވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ތ އަތޮޅު މެންބަރުކަން ކުރެއްވި
އެންމެ ފުރަތަމަ ބޭރުން މުދާ އެތެރެކޮށްގެން ވިއްކި 5 ވިޔަފާރިވެރިންގެ ތެރެއިން އެއް ވިޔަފާރިވެރިޔާ
ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ސިފައިންގޭގައިވެސް ޚިދުމަތް ކުރެއްވި

މަޝްހޫރު ވިޔަފާރިވެރިޔާ، ގ.ހުދުކޮކާ މުޙައްމަދު ހަސަންފުޅު (އެމެޓީ ސޭޓް / ކަނޑޫދޫ ކުޑަ މުހައްމަދުފުޅު) ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ކާނަލް ޑރ ޢަލީ ޝާހިދު މުހައްމަދުގެ ބައްޕަ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހުގެރޭ ދަންވަރު 2:30 ހާއިރުއެވެ.

މުޙައްމަދު ހަސަންފުޅުގެ ޢާއިލާއިން ބުނި ގޮތުގައި އޭނާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ކުއްލިއަކަށް ހާލު ބޮޑުވެގެން މުލަ ރޯދަ ވިލޭރެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތ އަތޮޅު މެންބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ޙަސަންފުޅަކީ، ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ސިފައިންގޭގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އެންމެ ފުރަތަމަ ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާ އެތެރެކޮށްގެން ބާޒާރުގައި ވިއްކި 5 ވިޔަފާރިވެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

މުޙައްމަދު ހަސަންފުޅު ނިޔާވިއިރު 7 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިފައިވެއެވެ. ނިޔާވިއިރު އަނބިކަނބަލުންނާއި 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

އުމުރުން 77 އަހަރުގައި ނިޔާވި މުޙައްމަދު ހަސަންފުޅުގެ ޖަނާޒާއާއި މޫނު ދެއްކުން އޮންނާނީ އާސަހަރާގައެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
24 މެއި 2018 | ބުރާސްފަތި 17:08
ސޭޓުގެ ބޭފުޅެކެވެ
ޑރ. އަލީ ޝާހިދަކީ ވެސް އެމިޓީ ސޭޓުގެ ބޭފުޅެކެވެ، ނިޔާ ވީ އެބޭފުލާގެ ބައްޕާފުޅު! މަރުވީކީނޫން ނިޔާވީ!