ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 17:08
ސެކެޓްރިއޭޓް އޮފް ސްޓޭޓް މައިކް ޕޮމްޕޯ
ސެކެޓްރިއޭޓް އޮފް ސްޓޭޓް މައިކް ޕޮމްޕޯ
ގެޓީ އިމޭޖަސް
އެމެރިކާގެ މަޝްރަހު
އެމެރިކާގެ ރައީސްއާއި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅު ފުށޫ އަރައިފި
މަޖިލިސް މެމްބަރުން ވަނީ ޕޮމްޕިއޯ އާއި ސުވާލު ކޮށްފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަފުޅަކާއި، ދައުލަތުގެ ތެރޭގައި ދައުލަތެއް ވާކަމަށް ވިދާޅުވެ އެކި ފަހަރުމަތިން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅާއި ފުށޫ އަރައިފިއެވެ.

ދައުލަތުގެ ތެރޭގައި ޖަރީމާތައް ހިންގާ އިތުރު ދައުލަތެއް ވާކަމަށާއި، އެމީހުން އުޅެނީ ރައީސް ޓްރަމްޕްގެ ވެރިކަން ވައްޓާލަންކަމަށް ޓްރަމްޕް ޓްވީޓް ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރުން ވަނީ ދައުލަތުގެ ތެރޭގައި ދައުލަތެއްވާކަމަށް ޕޮމްޕިއޯ ގަބޫލު ކުރައްވަންތޯ ސުވާލު ކޮށްފައެވެ. ޕޮމްޕިއޯ ވިދާޅުވީ ދައުލަތު ތެރޭގައި އެހެން ދައުލަތެއް ވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޓްރަމްޕް އެފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓްތަށް ދެކިނުލައްވާ ކަމަށްވެސް ޕޮމްޕިއޯ ވިދާޅުވިއެވެ.

ކުރިން ސީއައިއޭގެ ޑިރެކްޓަރަކަށް އުޅުއްވީރު މިފަދަ އެއްވެސް ޚަބަރެއް ލިބިފައިވޭތޯ މެމްބަރުން އެއްސެވުމުން ޕޮމްޕިއޯ ވިދާޅުވީ، އެފަދަ ވާހަކަ ތުންތުންމަތިން އަޑުއިވޭ ކަމަށާއި އެމަގާމުގައި އުޅުއްވީރު އަމާޒަކަށް ވެފައި އޮތީ މުވައްޒަފުންނާއި ގުޅިގެން ގައުމަށް ޚިދުމަތް ކޮށްދިނުން ކަމަށެވެ. ޕޮމްޕިއޯ އިތުރަށް ވިދާޅުވީ ޚިދުމަތް ކުރެއްވި ކޮންމެ ތަނެއްގައިވެސް ދޯހަޅި މީހުން އުޅޭ ކަމަށާއި، އެއީ ކޮންމެ ތަނެއްގެވެސް ހާލު ކަމަށެވެ.

ސަރުކާރުގެ ބައިވެރިންގެ އިތުރުން ޓުރަމްޕް ވަނީ ވެރިކަމަށް ވަޑައިގެން ފަހުން އެމެރިކާގައި އިތުރު ސަރުކާރެއް އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ހޫނު ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައިވަނީވެސް ޚުދު އެމެރިކާއަށެވެ. އެގޮތުން އެފްބީއައިއިން ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގައި ޖާސޫސު ކުރިކަމަށް އެމަނިކުފާނު ވަނީ ތުޙުމަތު ކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް