ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 07:31
އިޒްރާއިލްގެ ރައީސް ނަތަންޔާހޫ
އިޒްރާއިލްގެ ރައީސް ނަތަންޔާހޫ
ރޮއިޓަރސް
އިޒްރާއިލުގެ މަޝްރަހު
އިސްރާއިލްގެ ކެބިނެޓް ބައްދަލަވުންތައް ބިންގަރާހުގައި
މަދުވެގެން ހަފްތާއަކު އެއްފަހަރު ކެބިނެޓް ބައްދަލުވުން ބާއްވާ
ސިފައިންނަށް އަމުރު ކުރެވޭނެ ގޮތަށް ވަނީ ހަދާފައި
މި ދަޑިވަޅަކީ އީރާނާއެކު ނުތަނަވަސްވެފައިވާ ވަގުތެއް

ނަތަންޔާހޫ އިސް މީހެއްގެ ގޮތުގައި ހުރެ އިޒްރާއިލްގެ މަތީފަންތީގެ މިނިސްޓަރުންނާއެކު ކުރިއަށް ގެންދާ ކެބިނެޓްގެ ބައްދަލުވުންތައް، ސަލާމަތީ ގޮތުން ވަރަށް ވަރުގަދަ ބިންގަރާހެއްގައި ބާއްވަން ފަށައިފިއެވެ.

އިޒްރާއިލްގެ މީޑިއާއަކުން ބުނެފައި ވަނީ މަދުވެގެން ހަފްތާއަކު އެއްފަހަރު ބާއްވާ މި ބައްދަލުވުން ކުރިއަށް ގެންދަނީ ގުދުސްގައި ހުންނަ ބިންގަރާހެއްގައި ކަމަށެވެ. 

މި ބިންގަރާހުގައި ސިފައިންނަށް އަމުރު ކުރެވޭނެ ގޮތަށް މުވާސަލާތީ ކަންތަކާއި ދިރިއުޅުމަށް ބޭނުންވާ ހުރިހާކަމެއް ވަނީ ފުރިހަމަ ކޮށްފައެވެ. ނެޝަނަލް މެނޭޖްމެންޓް ސެންޓަރުގެ ނަން ދެވިފައިވާ މި ތަން ފުރަތަމަ ބޭނުންކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު ވަނީ ގައުމަށް ނުރައްކަލެއް ކުރިމަތިވާ ހާދިސާއެއް އައިސްފިނަމަ ބިންގަރާސް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ހަދައިފައެވެ.

އިޒްރާއިލުން ރައްކާތެރި ފިޔަވަޅު އަޅަމުންދާ މި ވަގުތަކީ އީރާނާއެކު ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައިވާ ވަގުތެކެވެ. އިޒްރާއިލުން ވަނީ އީރާނުގެ ބޮލުގައި ބޮޑެތި ތުހުމަތު ތަކެއް އަޅުވައި ސީރިއާގައި ހުރި އީރާނުގެ ތަންތަންކަމަށް ޝައްކު ކުރެވޭ ތަންތަނަށް ވަރަށް ވަރުގަދައަށް ހަމަލާދީފައެވެ. އެ ހަމަލާ ތަކަކީ ސީރިއާގެ ދާޚިލީ ހަނގުރާމަ 2011ގައި ފެށުނުފަހުން ފަހުން ދެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ.

ބިންގަރާހުގެ ބައްދަލުވުންތަކާ ގުޅޭ ގޮތުން އިސްރޭލުން ރަސްމީކޮށް ބަހެއް ނުބުނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް