ކ. މާލެ
|
23 މެއި 2018 | ބުދަ 19:48
ހޫގޯ ސްވަޔާ
ހޫގޯ ސްވަޔާ
ގޫގުލް
ހޫގޯ ސްވަޔާ
ރިޔާސީ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވާ އެންމެން ބައިނަލްއަގްވާމީ މުޖުތަމައު އިން ފާހަނގަކޮށް ލަދުގަންނަވާލަން ޖެހޭ: ހޫގޯ ސްވަޔާ
ރައީސް ނަޝީދަށް އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ސިޔާސީ ނުފޫޒު ފޯރާފައިވާ އަދި ސިޔާސީ ގޮތުން ކޮންޓްރޯލް ކުރާ ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ދިވެހި ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ބައިވެރިނުވެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ހޫގޯ ސްވަޔާ ވިދާޅުވެއްޖެއެވެ. 

އޭނާ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވާ އެންމެން ބައިނަލްއަގްވާމީ މުޖުތަމައު އިން ފާހަނގަކޮށް ލަދުގަންނަވާލަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ރާއްޖޭގެ ހާލަތަށް އެކަށީގެންވާ ރައްދެއް ނުދޭ ކަމަށާއި، މިހާރުން މިހާރަށް ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ސްވަޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސްވަޔާ އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ އެކި މަޝްހޫރު ފަރާތްތަކާއި އަދި ފަތުރުވެރިން ރާއްޖެ ބޯއިކޮޓް ކުރަން ޖެހިއްޖެ ހާލަތަކަށް ރާއްޖެ އަންނަމުންދާ ކަމަށާއި، މިއީ މިހާރު ވިސްނުން އައުލާކަންބޮޑު ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީގެން އެމްޑީޕީ އިން ބާއްވާ ރިޔާސީ ޕްރައިމަރީ ބަލައިނުގަނެ، އެ ޕާޓީ އުވާލަން ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް