ކ. މާލެ
|
23 މެއި 2018 | ބުދަ 19:02
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިުންގެ މަޖިލީހުގެ މެމްބަރު
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިުންގެ މަޖިލީހުގެ މެމްބަރު
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
މަހުލޫފްގެ ދެ މައްސަލާގެ އަޑުއެހުން މާދަމާ!
މަހުލޫފް މާސްކު ބެހި މައްސަލައި އަޑުއެހުމެއް ވެސް ވަނީ ތާވަލްކޮށްފަ

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފްގެ ދެ މައްސަލައެއްގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ ޖަލުގައި ބޭސްފަރުވާ ނުދީ ގައިދީން މަރަނީ ކަމަށް ބުނެ މަހުލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ހިނގާފައިނުވާ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ދިނުމުގެ ދައުވާއެވެ. ބުރާސްފަތި ދުވަހު 13:00 ގައި ތާވަލް ކޮށްފައި ވަނީ މަހުލޫފްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު މައްސަލައާއި ގުޅިގެން އުފުލާފައިވާ ދައުވާގެ އަޑުއެހުމަކެވެ. އެއީ މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިންނަން މާކްސް ބެހި މައްސަލައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް