ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 17:53
ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި މަގެއްގައި ބަޔަކު ހިނގާފައި ދަނީ
ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި މަގެއްގައި ބަޔަކު ހިނގާފައި ދަނީ
އޭއެފްޕީ
ސްރީލަންކާ ވިއްސާރަ
ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ނުވަ މަރު
66،340 މީހުންނަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައި

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި ނުވަ މީހުން މަރުވެ 23 މީހުން ގެއްލިފައިވާ ކަމަށް ލަންކާގެ ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފިއެވެ. 

ޑީއެމްސީ އިން ބުނާގޮތުން 23،741 މީހުން ވަނީ ގެދޮރު ދޫކޮށްދާންޖެހިފައެވެ. އަދި އެ މީހުން ވަނީ 163 ރައްކާތެރި ތަނަކަށް ބަދަލުކުރެވިފައެވެ. 

"ކޮލަމްބޯ ޕޭޖު" ނޫހުން ބުނާގޮތުން 66،340 މީހުންނަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައެވެ.

ރަންބިމާ، ވެލިހިންދާ އަދި ޔަކަޑަގަލްލަ ފަަދަ ބިންތިރި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ. ލަންކާގެ ސަރުކާރުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސިފައިން ފޮނުވާފައެވެ. ބައެއް ސަރަހައްދުތަކަށް ރޭލުގެ ޚިދުމަތްވެސް ވަނީ ކެޑިފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް