ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 07:53
މެލޭޝިއާ ބޮޑުވަޒީރު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ
މެލޭޝިއާ ބޮޑުވަޒީރު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ
މީޑިއާ ކޯޕް
މެލޭޝިއާ
މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި
ދަރަނި ވަނީ 250 ބިލިއަން ޑޮލަރަށް އަރާފައި
މިނިސްޓަރުންގެ މުސާރައިން 10 ޕަސަންޓް އުނި ކުރަނީ
ސިޔާސީ މަގާމުތައް މަދު ކުރަނީ

މެލޭޝިއާގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާތީ ބޮޑުވަޒީރާއި މިނިސްޓަރުންގެ މުޒާރަ ކުޑަކުރަން ނިންމައިފި އެވެ. 

ބޮޑުވަޒީރު މަހާތިރު މުހައްމަދު ފުރަތަމަ ކެބިނެޓްގެ ބައްދަލު ވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މުސާރަ ކުޑަކުރަން ވަރަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށެވެ. މިކަމުން ދައްކައި ދެނީ މި ސަރުކާރުން މި ގައުމުގެ އިގްތިސާދަށް އަހަންމިއްޔަތުކަން ދޭ މިންވަރު ކަމަށްވެސް ކުރިން ވެސް ބޮޑުވަޒީރުކަން ކުރައްވާފައި ހުންނެވި މާހާތިރު ވިދާޅުވިއެވެ.

ގައުމުގެ ދަރަނި ކުޑަކުރައްވަން ޖެހޭ ކަން ފާހަގަ ކުރައްވާ މަހާތީރު ވިދާޅުވީ މެލޭޝިއާގެ ދަރަނި މިހާރު 250 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެއީ މި ގައުމުގެ އުފެއްދުންތެރި ކަމުގެ (ޖީޑީޕީގެ) 65 ޕަސަންޓް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރު ބޮޑުވަޒީރު ނަޖީބް ވެރިކަމުގައި ވިދާޅުވީ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ 55 ޕަސަންޓްއަށް ވުރެ ދަށުގައެވެ. އައު ސަރުކާރު އައިފަހުން ނަޖީބަށް ވަނީ ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކުރުމަށްފަހު، އެ މަނިކުފާނުގެ މައްޗަށް ތުހްމަތުކުރެވޭ 700 މިލިއަން ޑޮލަރުގެ ކޮރަޕްޝަނެއް ތަހްގީގު ފަށައިފަ އެވެ. .

މަހާތިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކެބިނެޓް މިނިސްޓަރުންގެ މުސާރައިން 10 ޕަސަންޓް އުނި ކުރާނެ ކަމަށެވެ. އަދި ސިވިލް ސާވެންޓުންގެ ސީނިއާ މަގާމުތަކުގެ މުސާރަ މިނިސްޓަރުންނަށް ވުރެ ބޮޑު ކަމަށާއި އެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން މަޖުބޫރު ނުކުރާނެކަމަށް ވެސް މަހާތީރު ވިދާޅުވި އެވެ. 

ސިވިލް ސާވެންޓުންގެ މުސާރަ ޖުލައި 1 ގައި ބޮޑުކުރާނެ ކަމަށް ކުރީގެ ސަރުކާރުން ވައުދުވެފައިވާއިރު، އެކަން އެގޮތަށް ތަންފީޒުކުރަން އާ ސަރުކާރަށް ނުޖެހޭނެކަން ފާހަގަ ކުރައްވައި މަހާތީރު ވަނީ އެއީ އާ ސަރުކާރުގެ ވައުދެއް ނޫންކަން ކަން ހަނދާކޮށް ދެއްވައިފަ އެވެ. ނަމަވެސް ސިވިލް ސާވެންޓުންގެ ތެރެއިން މުސާރަ ބޮޑު ކުރަން ހައްގުވާ ފަރާތްތަކަށް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަންވެސް ވަނީ ދެއްވައިފަ އެވެ. 

- ކޮމެންޓް