ކ. މާލެ
|
23 މެއި 2018 | ބުދަ 17:27
އައްޑޫ ސިޓީ ހިތަދޫ މިސްކިތް
އައްޑޫ ސިޓީ ހިތަދޫ މިސްކިތް
މުހައްމަދު ޝަރުހާން
އައްޑޫ ސިޓީ
އައްޑޫސިޓީ ބައެއް މިސްކިތްތަކާއި ސަހަރާތައް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަނީ
ނަން ނޯޓް ކުރުމާއި މައުލޫމާތު ސާފުކުރުން އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން

އައްޑޫ ސިޓީ މަރަދޫގެ ބައެއް މިސްކިތްތައް ފޮޅާ، ސާފުކުރުމާއި، ގަބުރުސްތާނުތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކުރުމުގެ މަސައްކަތް އަދި އެތަންތަނުގެ ބައެއްކުދި މަރާމާތުތައް ކޮށްދޭނެ ފަރާތްތައް ހޯދަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާންކޮށްފިއެވެ.

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ މަރަދޫގެ ބައެއް މިސްކިތްތާއި ސަރަހަރާތަށް ސާފްކުރުމަށް ޝައުގުވެރިވާ ފަރާތަށް މެއި މަހުގެ 27، އަދި 28 ދުވަހު އައްޑޫ ސިޓީ ގައި ހުންނަން އެ މިނިސްޓްރީގެ ޔުނިޓަށް ވަޑައިގެން ނަން ނޯޓް ކުރުމަށެވެ. އަދި މައުލޫމާތު ދިނުން މެއި މަހުގެ 29 ވަނަ ދުވަހު 1:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު، ކުރިމަތިލާ ފަރާތަކުގެ އެސްޓިމޭޓް ނެގުން މެއި މަހުގެ 31 ވަނަ ދުވަހު 1:00 ކުރިމަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ އިއުލާންގައި ބުނެފައި ވަނީ ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށާއި މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް