ކ. މާލެ
|
23 މެއި 2018 | ބުދަ 16:53
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ
ޓްވިޓަރ
ޑރ މަޖީދު އަވަހާރަވުން
ޑރ މަޖީދު ނެތުމަކީ ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތަށް ކުރިމަތިވި ފޫނުބެއްދޭ ވަރުގެ ގެއްލުމެއް: އަދާލަތު ޕާޓީ
ގައުމަށް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައި
ކޮންމެ ހާލެއްގައިވެސް ހައްގު ބަސް ވިދާޅުވާ ބޭފުޅެއް
ޑރ. މަޖީދު އަވަހާރަވުމަކީ ރައްޔިތުންނަށް ބޮޑު ހިތާމައެއް ލިބުނު ކަމެއް

ޑރ. މަޖީދު ދާއިމީގޮތެއްގައި ވަކިވެގެންދިޔުމަކީ ދިވެހި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކުރުމަށާއި ސިޔާސީ އިސްލާހީ މަސައްކަތަށް ކުރިމަތިވި، ފޫބައްދަން ދަތި ގެއްލުމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީއަކީ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ނިސްބަތްވާ ޕާޓީއެވެ. ޑރ. މަޖީދު އަވަހާރަވުމަކީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މާތްﷲގެ ތަނަވަސް އިނާޔަތުން އެ މަރުހޫމްގެ ފާފަފުއްސަވާ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ދުއާ ދަންނަވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ. އަދި މި އުނދަގޫ ވަގުތުގައި އެމަރުހޫމުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އިސްލާމީ އިލްމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ތައުލީމު ހާސިލިކުރެއްވުމަށްފަހު އެނބުރި ގައުމަށްވަޑައިގެން ވޭތުވެދިޔަ ވިއްސަކަށް އަހަރު ޑރ. މަޖީދު ދީނީ ރޮނގުންނާއި އިޖުތިމާއީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަކީ ދިވެހި ތާރީހުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންކަމެއްނޫން ކަމަށް އެޕާޓީން ބުނެފައިވެ އެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ ފިގުހު އެކެޑަމީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުންނާއި، އިސްލާމިކް ބޭންކިންގ ދިވެހިރާއްޖެއަށް ތައާރަފްކުރެއްވުމަށް ކުރެއްވި މަސައްކަތްފުޅާއި އަދިވެސް އެމަނިކުފާނުގެ އެފަދަ އެތައް ހިދުމަތްތަކެއްގެ ސަބަބުން ދިވެހި ގައުމަށް އަގުނުކުރެވޭވަރުގެ މަންފާތަކެއް ލިބިފައިވާ ކަން އަދާލަތު ޕާޓީން ފާހަގަކުރެ އެވެ.

ކޮންމެ ހާލަތެއްގައިވެސް ހައްގުބަސްފުޅު ވިދާޅުވުމާއި، މަޑުމައިތިރިކަމާއި، މިޒާޖުގެ ސާދާކަމަކީ ޑރ. މަޖީދު ހަޔާތްޕުޅުން ދެއްކެވި މަތިވެރި ނަމޫނާތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް