ކ. މާލެ
|
23 މެއި 2018 | ބުދަ 12:59
އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނަށް ކުރީގެ އީޕީއެސްއެސް ހުރި އިމަރާތް އިތުރު 25 އަހަރަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސަލާމްކުރައްވަނީ
އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނަށް ކުރީގެ އީޕީއެސްއެސް ހުރި އިމަރާތް އިތުރު 25 އަހަރަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސަލާމްކުރައްވަނީ
ފޭސްބުކް
އައިލެންޑާސް އެޑިއުކޭޝަން
އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނަށް ކުރީގެ އީޕީއެސްއެސް ހުރި އިމަރާތް ދީފި
އިމާރާތް ދީފައިވަނީ 25 އަހަރަށް
ބިލަބޮންގް އިންޓަރނޭޝަނަލް ސްކޫލު އީޕީއެސްއެސް އިމާރާތުގައި ހިންގާތާ 10 އަހަރު ވަނީވެފައި

އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނަށް ކުރީގެ އީޕީއެސްއެސް ހުރި އިމަރާތް އިތުރު 25 އަހަރަށް ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު އެވެ. އަދި އައިލެންޑާސް ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޗެއަރމަން އަބްދުއް ރަޝީދެ އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން އަންނަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލު ހިންގަމުންނެވެ. އެޑިއުޚޭޝަން މިނިސްޓްރީން 25 އަހަރަށް އީޕީއެސްއެސްގެ ބިލްޑިންގް އައިލެންޑާސްއާ ހަވާލުކޮށްފައިވާ އިރު އަހަރު ގުނަން ފަށާނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

ބިލަބޮންގް އިންޓަރނޭޝަނަލް ސްކޫލު އީޕީއެސްއެސް އިމާރާތުގައި ހިންގާތާ 10 އަހަރުވެފައިވާ އިރު ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓި އިންޓަރނޭޝަނަލް ސްކޫލުތަކުގެ ތެރޭގައި ބިލަބޮންގް ހިމެނޭނެ އެވެ.

 ބިލަބޮންގް އިންޓަރނޭޝަނަލް ސްކޫލުގައި ޕްރައިމަރީ އެޑިއުކޭޝަނުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވާދެއެވެ.

 އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އެއްބަސްވެފައިވަނީ އީޕީއެސްއެސްގެ ފައުންޑަރ މެންބަރުންނާއެކު އެކުވެ. އަދި އީޕީއެސްއެސްގެ ފައުންޑަރ މެންބަރުން ވަނީ އައިލެންޑާސް އެޑިއުކޭޝަން އާއިއެކު އޭރު އެއްބަސްވުމެއްގައި ސޮއިކޮށް، އީޕީއެސްއެސްގެ އިމާރާތުގައި ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ހިންގަން ފަށައިފަ އެވެ.

އީޕީއެސްއެސްގެ ފައުންޑަރ މެންބަރުންނާއިއެކު ކުރި އެއްބަސްވުން ހަމަވުމާއެކު ބިލަބޮންގް އިމާރާތުގައި ސްކޫލެއް ހިންގުމަށް އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލި އެވެ.  ބީލަން ކާމިޔާބުކޮށްފައިވަނީ އައިލެންޑާސް އެޑިއުކޭޝަނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް