ކ. މާލެ
|
23 މެއި 2018 | ބުދަ 17:29
ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގައި
ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގައި
ފޭސްބުކް
މަގު ހެދުން
ފޮނަދޫ މަގު ހެދުމަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދޭ
މަގު ހެދުމަށް މަސައްކަތް ކުރާ 21 މުއައްޒަފުންނަށް ރޯދަ އެލަވަންސް ނުދޭ
މިމަހުގެ މުސާރައާއެކު ރޯދަ އެލަވަންސް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައި

ލ. ފޮނަދޫ އެތެރޭގައި ތާރުއަޅާގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަގުގެ މަސައްކަތް ކުރާ މުއައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކަމަށް އެމުއައްޒަފުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ މީހަކު ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަގު މަސައްކަތް ކުރުމަށް 21 މުވައްޒަފުން ނެރުނު ކަމަށެވެ. އޭރު ހައުސިން މިނިސްޓްރީން ރޯދަ އިނާއަތް ދޭނެ ކަމަށް ބުނި ނަމަވެސް ނުދޭ ކަމަށް އެމީހާ ބުންޏެވެ.

މިމަހުގެ މުސާރައާ އެކު ރޯދަ އެލަވަންސް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން އަންގާފަވާކަން ފާހަގަކޮށް އޭނަ ބުނީ ރޯދަ އެލެވަންސް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕަބްލިކް ވޯރކްސްގައި މަސައްކަތް އެމީހާ ބުނީ ރޯދަމަހަކީ އެހެން މަސްތަކާއި ހިލާފަށް ހަރަދު ބޮޑު މަހަކަށްވާއިރު ރޯދަ އެލަވަންސް ނުލިބި ގިނަ ދުވަސްވުމަކީ އެކަމުގެ ތަކުލީފު އުފުލަންޖެހޭ ކަމެއް ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހެއެވެ. ބިދޭސީ މުވައްޒަފުންގެ ތެރެއިން އިނާޔަތް ލިބޭނީ މުސްލިމުންނަށް އެކަންޏެވެ. ނަމަވެސް ބިދޭސީންނަށް އިނާޔަތް ދިނުން އޮންނަނީ ވަޒީފާ ދޭ ފަރާތުގެ އިޚުތިޔާރަށް ދޫކޮށްލާފައެވެ.

ރޯދަ އިނާޔަތަކީ ގާނޫނީގޮތުން ދިނުން ލާޒިމް އެއްޗަކަށް ވިޔަސް މި އިނާޔަތް ނުދޭ މައްސަލަ އަދިވެސް ވަރަށް ބޮޑެވެ. މިދިޔަ އަހަރުގެ ރޯދަމަސް ފެށުނުއިރުވެސް އިނާޔަތް ނުދީގެން 40 އަށްވުރެ ގިނަ މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުނެވެ. ރޯދަ އިނާޔަތަށް މީހުން ހޭލުންތެރިކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް