ކ. މާލެ
|
23 މެއި 2018 | ބުދަ 10:54
އިންޑިއާ މީހަކު ގެރިތަކަކަށް ކާންދެނީ
އިންޑިއާ މީހަކު ގެރިތަކަކަށް ކާންދެނީ
ގެޓީ އިމޭޖަސް
މުސްލިމަކު މަރާލުން
ގެރިއެއް ކަތިލި އިންޑިއާގެ މުސްލިމަކު މަރާލައިފި
އެމީހާ މަރާލާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި

ގެރިއެއް ކަތިލިކަމަށްބުނެ، އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދީންގެ ބަޔަކު، އެ ޤައުމުގެ މުސްލިމަކު މަރާލާއިފިއެވެ.

އުމުރުން 45 އަހަރުގެ ސިރާޖް ޚާން ކިޔާ މި މީހާ މަރާލާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ކަމަށް އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވެއެވެ.

ސިރާޖް މަރާލާފައިވާއިރު އޭނާގެ އެކުވެރިއެއް ކަމަށްވާ ޝަކީލް ކިޔާ މީހަކަށްވެސް ހިންދީންގެ ގްރޫޕުން ވަނީ ހަމަލާދީފައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ފުލުހުން ބުނެއެވެ. މިހާދިސާއާއި ގުޅިގެން މިހާރު ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. މި ހާދިސާއަށްފަހު، މަދްޔަ ޕްރަދޭޝްގެ ހިންދީންނާއި މުސްލިމުންނާއި ދެމެދު ފެށުނު ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް 400 އަށްވުރެ ގިނަ ފުލުހުން މިހާރު ވަނީ މަގުތަކަށް ނެރެފައެވެ. 

ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމުކޮށް ކެއުމަށް ގެންގުޅޭ ގެރިއަކީ ހިންދީންގެ ދީނުގައި މާތް އެއްޗެއްގެ ގޮތުގައި ދެކޭ އެއްޗެކެވެ. މަދްޔަ ޕްރަދޭޝްގައި ގެރި ކަތިލުމުގެ ކުށެއްގެ ގޮތުގައި ހަތް އަހަރުގެ ޖަލު ޙުކުމެއް ވަނީ ކަނޑައަޅާފައެވެ. އަދި އެހެނިހެން ސްޓޭޓްތަކުގައިވެސް އެ ކަމަށް ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފައެވެ.

މީގެ ކުރިންވެސް އިންޑިއާގައި ގެރި ކަތިލައިގެން ވަނީ އެތައްބަޔަކު މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް