ކ. މާލެ
|
23 މެއި 2018 | ބުދަ 10:50
ޖަމްޢިއްޔަތުއްސަލަފުން އިސްނަގައިގެން ބޭއްވި ދީނީ އިލްމުވެރިންގެ ބައްދަލުވުން: ފޮޓޯ: ސަލަފް
ޖަމްޢިއްޔަތުއްސަލަފުން އިސްނަގައިގެން ބޭއްވި ދީނީ އިލްމުވެރިންގެ ބައްދަލުވުން: ފޮޓޯ: ސަލަފް
ޖަމީއަތުއް ސަލަފު
ދީނީ ސިޔާސަތު
އެޑިއުކޭޝަން މިނިސްޓްރީން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ދެކޮޅަށް ޢިލްމުވެރިންތަކެއް ތެދުވެއްޖެ
ދީނީ ދަރުސްތައް ސްކޫލްތަކުގައި ބޭއްވުމަށް ފުރުސަތު ނުދެނީ އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެން
ދީނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ނުދިނުމަށް ސްކޫލުތަކުގެ އިސްވެރިންނަށް ދަނީ އިންޒާރު ދެމުން

އެޑިއުކޭޝަން މިނިސްޓްރީން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ދެކޮޅަށް މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިންތަކެއް ތެދުވެއްޖެއެވެ.

ދީނީ ދަރުސްތަކަށް ހުރަސްއެޅުމާއި، ދީނީ އެކިއެކި ޙަރަކާތްތަކަށް ހުރަސްއެޅުމުގެ ސިޔާސަތެއް އެޑިއުކޭޝަން މިނިސްޓްރީއިން ގެންގުޅެމުން ދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއަމަލުތަކާއި ދެކޮޅަށް ނުކުތުމަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ރަށްރަށަށް ދީނީ ޢިލްމުވެރިން ވަޑައިގެން ދަރުސްތައް ބޭއްވުމަށް އެރަށްރަށުގެ މަދަރުސާތައް ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ މިންވަރާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މިމަޝްވަރާތަކުން އެނގިގެން ދިޔައީ ދީނީ ދަރުސްތައް ސްކޫލްތަކުގައި ބޭއްވުމަށް ފުރުސަތު ނުދެނީ އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށެވެ. އަދި ސުކޫލްތަކުގެ އިސްވެރިންނަށް ދީނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ނުދިނުމަށް އިންޒާރު ދެމުންދާކަން ކަމަށް ވެސް މިބައްދަލުވުމުގައި އިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ ދީނީ އިލްމުވެރިންގެ އެކިއެކި ދަރުސްތަކަށް ރަށްރަށުގެ މަދަރުސާތައް ނުދިނުމުގެ ސިޔާސަތު އެޑިއުކޭޝަނުން ގެންގުޅޭތީ އެކަން ކުށްވެރިކޮށް އެކަމާ ހުރިހާ ބޭފުޅުން ވެސް ކަންބޮޑުވުންފާޅު ކުރައްވާފައިވާ ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ މިބައްދަލުވުމުގައި ޢިލްމުވެރިން ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، ކުރެވިދާނޭ މަސައްކަތްތަކާއި، އެކަންބޮޑުވުންތަކާމެދު އަޅާނޭ ފިޔަވަޅުތަކެއް ކަނޑައަޅައި، ކުރިޔަށް އޮތްތާނގައި ކަންތައް ކުރާނެ ގޮތާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކަންކަމުގެ މައުލޫމާތު މީޑިޔާއާއި ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސަލަފުން ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ފުންނާބުއުސް އެތައް ޢިލްމުވެރިންނެއްގެ ދަރުސްތައް ބޭއްވުމަށް ރަށްރަށުގެ ސްކޫލްތައް ނުލިބުމުގެ ޝަކުވާ، އެބޭބޭފުޅުންގެ ފޭސްބުކް ޕޭޖުގައާއި ޓްވީޓާތަކުގައި ހާމަކޮށްފައިވެއެވެ. އަދި ދީނީ ކަންކަމަށް ފަރުވާތެރިވާ ކަމަށް ބުނަމުންދާ މިއަދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއިން މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭކަމެއް ނޫންކަމަށް ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް