ކ. މާލެ
|
23 މެއި 2018 | ބުދަ 11:40
އުރުދުޣާން
އުރުދުޣާން
އަލްޖަޒީރާ
ތުރުކީގެ ބަޣާވާތް
ތުރުކީގެ ބަޣާވާތުގައި ބައިވެރިވި 104 ސިފައިން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
2016 ވަނަ އަހަރު ތުރުކީގައި ހިންގަން އުޅުނު ބަޣާވާތުގައި ބަޣާވާތުގައި 260 މީހުން ވަނީ މަރުވެފައި
ތުރުކީއިން އެފަހަރު 50،000 މީހުން ހައްޔަރުކޮށް އޭގެ ތިންގުނަ މީހުން ވަޒީފާތަކުން ވަނީ ވަކިކޮށްފައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާންގެ ސަރުކާރާ ދެކޮޅަށް 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވި 104 ސިފައިން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ނާކާމިޔާބު ބަޣާވާތަށް ފަހު ތުރުކީއިން އެ ފަހަރު 50،000 މީހުން ހައްޔަރުކޮށް އޭގެ ތިންގުނަ މީހުން ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ. އޭގެ ތެރޭގައި އެތަކެއް ސިފައިންނެއް ހިމެނެއެވެ. އެއީ އެގައުމުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާތަކުން ވަކިކުރި ފުރަތަމަ ފަހަރެވެ.

ރައީސް އޮރްދޮޣާން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ނެގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބު ކުރައްވައި ބާރުތައް ވަރުގަދަ ކުރައްވާފައެވެ. އަދި ބަޣާވާތް ކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ދެއްވައިފަ އެވެ.

 ނާކާމިޔާބުވި ބަޣާވާތުގައި 260 މީހުން މަރުވެ 2،200 މީހުން ވަނީ އެފަހަރު މަރުވެފައެވެ.

ހޯމަދުވަހު އުމުރަށް ޖަލަށްލުމަށް ހުކުމްކުރި 104 މީހުންގެ އިތުރުން ރައީސް އުރޮދުޣާން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގައި އެހީތެރިވި 52 މީހެއްގެ މައްޗަށް ޖަލު ހުކުމްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 21 މީހަކަށް 20 އަހަރުގެ ޖަލު ހުކުމާއި ޓެރަރިސްޓަކަށް ޖަމާއަތަށް ނިސްބަތްވާ 31 މީހަކަށް ހަތްއަހަރާއި އެގާރަ އަހަރާ ދެމެދުގެ ޖަލު ހުކުންވެސް ވަނީ ކޮށްފައެވެ.

- ކޮމެންޓް