ކ. މާލެ
|
23 މެއި 2018 | ބުދަ 07:26
މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓުތަކެއް
މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓުތަކެއް
ގޫގުލް
އެމްއެޗް 370
އެމްއެޗް 370 ވައްޓާލީ ޕައިލެޓް ގަސްދުގައެއް ނޫން: އޮސްޓްރޭލިއާ
އެމްއެޗް 370 ވައްޓާލީ ގަސްދުގައިކަމަށް ބުނާ ފޮތެއް ވަނީ ނެރެފައި

ގެއްލިފައިވާ މެލޭޝިއާގެ ޤައުމީ އެއަރލައިން މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓު އެމްއެޗް 370 ކަނޑަށް ވެއްޓާލީ ޕައިލެޓް ގަސްދުގައިކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެއީ ހަޤީގަތެއް ނޫން ކަމަށް އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރަމުންދާ އޮސްޓްރޭލިއާ އިން ބުނެފިއެވެ.

އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭ.ޓީ.އެސް.ބީ.)އިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ޖަވާބުދާރީވަމުން މިހެން ބުނެފައިވަނީ އެމްއެޗް 370 ގެއްލުނީ ޕައިލެޓް އަމިއްލައަށް މަރުވަން ބޭނުންވެގެން މަތިންދާ ބޯޓު ވައްޓާލުމުން ކަމަށް ކެނެޑާގެ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ބެހޭ ތަޖުރިބާކާރަކު ލިޔުނު ފޮތެއްގައި ބުނުމާ ގުޅިގެންނެވެ. 

އޭ.ޓީ.އެސް.ބީ. ގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދަކަށް އެމަތިންދާ ބޯޓު ވެއްޓުނުއިރު މަތިންދާ ބޯޓު ދުއްވަން އިން ޕައިލެޓްގެ ހެއެއް ނުހުންނާނެއެވެ. އަދި މަތިންދާބޯޓު ކަނޑަށް ވެއްޓިފައިވަނީ ޕައިލެޓަށް ކޮންޓްރޯލް ގެއްލިގެންކަމަށް ޤަބޫލުކުރެވޭ ކަމަށް އޮސްޓްރޭލިއާއިން ބުނެއެވެ. 

މިމައްސަލަ ބޮޑުވެފައިވަނީ ކެނެޑާއަށް ނިސްބަތްވާ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ބެހޭ ތަޖުރިބާކާރަކު އޮސްޓްރޭލިއާގެ ޓީވީއަކަށް އަރައި، އެމްއެޗް 370 ގެ ޕައިލެޓް މަސައްކަތްކުރީ އަމިއްލައަށް މަރުވާން ކަމަށާއި، އެކަމުގެ ސަބަބުން އިތުރު އެތައް ބަޔަކު މަރުވީކަމަށް ބުނުމުންނެވެ. 

2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު އެމްއެޗް 370 ގެއްލުނީ މެލޭޝިއާގެ ވެރިރަށް ކުއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށެވެ. 239 މީހުންނާއިއެކު ދަތުރުކުރި އެމަތިންދާބޯޓު ހޯދުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލީ އެމަތިންދާބޯޓު ހޯދުމުގެ މަސައްކަތްކުރާތާ 1046 ދުވަސް ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މަތިންދާބޯޓު ފެނޭތޯ މަސައްކަތްކުރީ އޮސްޓްރޭލިއާ، ޗައިނާ އަދި މެލޭޝިއާ ގުޅިގެންނެވެ. އެހެންނަމަވެސް އޭގެ ފަހުން މިއަހަރުގެ ޖެނުއަރީ މަހު އަނެއްކާވެސް މެލޭޝިއާ ސަރުކާރުން ވަނީ އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރުމަށް އެމެރިކާ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އޮސްޓްރޭލިއާއިން މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލުމުން ބުނީ އަލުން އެމަސައްކަތް ފަށާނީ މަތިންދާބޯޓު ފެންނާނެކަމުގެ އެކަށީގެންވާ ހެއްކެއް ލިބުމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް