ކ. މާލެ
|
23 މެއި 2018 | ބުދަ 02:02
ރައީސް ނަޝީދު ޒުވާނުންނާ ބައްދަލު ކުރައްވަނީ
ރައީސް ނަޝީދު ޒުވާނުންނާ ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
ޖަޒީރާ ރައީސް
ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ޒުވާނުންނާ ބައްދަލު ކުރައްވައިފި
އެމަނިކުފާނުގެ ބައްދަލު ކުރެއްވުން އޮތީ ހ ހައިފާގައި
ޒުވާނުން ވަނީ ސުވާލުކޮށް ކަންކަން އޮޅުން ފިލުވާފައި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ދިރިއުޅޭ ބައެއް ޒުވާނުންނާ ބައްދަލު ކުރައްވައިފިއެވެ.

"ގެޓް-ޓު-ނޯ" ގެ ނަމުގައި އެމަނިކުފާނު ޒުވާނުންނާ ބައްދަލު ކުރެއްވީ ކޮޅުނބުގައި ހުންނަވައިގެން ސްކައިޕް މެދުވެރި ކުރައްވައިގެންނެވެ.

ހ. ހައިފާގައި އަންގާރަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޒުވާނުންނާ ގުޅޭ ގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިޖެ ނަމަ ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ބައްދަލުވުމުގައި ބައިވެރިވި ޒުވާނުންނާ ހިއްސާ ކުރައްވާފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޒުވާނުން މިހާރަށްވުރެ ބާރުވެރިކުރުވައި ޤައުމުގެ ކަންކަމުގައި ޒުވާނުންގެ ހިއްސާއާއި ބައިވެިވެރިވުން އިތުރުކުރުމަކީ އެމަނިކުފާނުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.

މިބައްދަލުވުމުގައި އެކި ދާއިރާތަކުގެ ޒުވާނުން ވަނީ ބައިވެރިވެ ރައީސް ނަޝީދާ ތަފާތު ސުވާލުތައްކޮށް ކަންކަން އޮޅުން ފިލުވާފައެވެ.

ރައީސް ނަޝީދު އަންގާރަ ދުވަހުގެރޭ ޒުވާނުންނާ ބައްދަލު ކުރައްވާފައި މިވަނީ އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ނެތް ކަމަށާއި އެމަނިކުފާނު ހިމަނައިގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ އެމްޑީޕީ އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ދީފައި ވަނިކޮށްނެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ ރައީސް ޔާމީންގެ ޕަޕެޓުން ކަމަށާއި، އެއީ އިތުބާރު ކުރެވޭ ބައެއް ނޫން ކަމަށް ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް