ކ. މާލެ
|
22 މެއި 2018 | އަންގާރަ 19:24
އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ
އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ
ރައީސް އޮފީސް
ޑރ މަޖީދު އަވަހާރަވުން
ޑރ. މަޖީދަކީ ޤިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގަނެ، އިރުޝާދު ދެއްވި ބޭފުޅެއް: ރައީސް ނަޝީދު
ރައީސް ނަޝީދުގެ ކެބިނެޓްގައި އިސްލާމިކް އެފެއަރޒް މިނިސްޓަރކަން ޑރ. މަޖީދު ކުރެއްވި
ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތްކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއް

ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަކީ ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތްކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. މަޖީދު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޑރ. މަޖީދަކީ އަބަދުވެސް ހައްޤު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިނުގަނެ، ޤިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން އިރުޝާދު ދެއްވި ބޭފުޅެއްކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ މަރުޙޫމަށް ސުވަރުގެ މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.

ޑރ. މަޖީދު އިސްލާމިކް މިނިސްޓަރކަން ކުރެއްވީ ރައީސް ނަޝީދުގެ ކެބިނެޓްގައެވެ. އަދި ކެބިނެޓްގައި ރައީސް ނަޝީދު ވަނީ ޑރ. މަޖީދަށް ވީޓޯ ކުރެއްވުމުގެ ބާރު ދެއްވާފައެވެ. އެގޮތުން ކެބިނެޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ދީނީ ނަޒަރަކުން ބެއްލެވުމަށްފަހު ޑރ. މަޖީދު ވީޓޯ ކުރެއްވުމުން އެމައްސަލަތައް ރައީސް ނަޝީދު ކެބިނެޓް ބައްދަލުވުންތަކުން ބޭރު ކުރައްވާފައިވެއެވެ. 

ރައީސް ނަޝީދު ވަނީ ޑރ. މަޖީދު ލަންކާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އާއިލާ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ.

މިދިޔަ ހަފްތާ ބަންދުގައި ލަންކާގެ ކޮޅުނބުގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތުމާއި ގުޅިގެން ޑރ. މަޖީދަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ އަންގާރަ ދުވަހު މެންދުރެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު ކޮޅުނބުގެ ޖާވައްތަ މިސްކިތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް