ޑރ. މަޖީދަކީ އަދާލަތު ޕާޓީ އަށާއި ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް ގެއްލިގެންދިޔަ އަގުބޮޑު ހަޒާނާއެއް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ، ކުއްލިގޮތަކަށް ވަކިވެގެންދިޔައީ އެތަށް އަގުބޮޑު ހަނދާންތަކަކާ ދަރުސްތަކެއް ދޫކުރެއްވުމަށްފަހު ކަމަށެވެ. ޑރ މަޖީދަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވާކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
Dr @amajyd aki Adhaalath party asha Dhivehi qaumasha mulhi islaami ummathah gelligen dhiya agubodu khazanaaeh. Kulligothakah alhugandumena vakivegen dhiyai ethah aguhuri handhaanthakaka dharusthakeh dhookuravvafa. Dr ah جنة الفردوس minvarukuravva aailayah kehtherikan dhevvaashi.
— Ali Zahir (alipi) (@alixahir) May 22, 2018
ޑރ މަޖީދު އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރަކީ 55 އަހަރެވެ. ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ހާލު ކުއްލި ގޮތަކަށް ސީރިއަސްވެގެން ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.