ކ. މާލެ
|
22 މެއި 2018 | އަންގާރަ 14:40
އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަން
އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަން
އީޕީއޭ
ޖިންސީ ގޯނާ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
ވިލްސަން އަކީ މިފަދަ މައްސަލައެއްގައި، މުޅި ދުނިޔެއިންވެސް މިހާތަނަށް ކުށް ސާބިތުވި އެންމެ އިސް ފާދިރީ
ޙުކުމް ކުރާނީ އަންނަ ޖޫން މަހު

އޮސްޓްރޭލިއާގެ ކްރިސްޓިއަން ފައްޅިއެއްގައި ފާދިރީއަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން ފާދިރީއެއްގެ މައްޗަށް އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް އޮސްޓްރޭލިއާގެ ކޯޓަކުން ނިންމައިފިއެވެ.

އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަންގެ މައްޗަށް ސާބިތުވެފައިވަނީ، މީގެ ފަންސާހަކަށް އަހަރު ކުރިން، 1970 އިގެ އަހަރުތަކުގައި އޭނާ ނިއު ސައުތު ވޭލްސްގެ މެއިޓްލޭންޑްގެ ފާދިރީއެއް ކަމުގައިވާ، ޖޭމްސް ފްލެޗަރގެ އެސިސްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރިއިރު، ޖޭމްސް ފްލެޗަރ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން އެނގިހުރެ އެކަން ސިއްރު ކުރި ކަމުގެ ކުށެވެ.

ވިލްސަން އަކީ މިފަދަ މައްސަލައެއްގައި، މުޅި ދުނިޔެއިންވެސް މިހާތަނަށް ކުށް ސާބިތުވި އެންމެ އިސް ފާދިރީއެވެ.

މި މައްސަލައިގެ ޝަރީއަތުގައި އެކަން ހިނގިކަން އެނގިފައި ނުވާކަމަށް ވިލްސަން ބުނި ނަމަވެސް، އޭރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި ބައެއް ފަރާތްތަކުން ވަނީ ވިލްސަންއަށް އެ ވާހަކަތައް ކިޔައިދިން ކަމަށް ހެކިބަސްދީފައެވެ.

މި މައްސަލައިގައި ވިލްސަން އާއި ދެކޮޅަށް ހެކިބަސްދީފައިވާ އެކަކީ 1970 އިގެ އަހަރުތަކުގައި ފައްޅީގައި އޯލްޓަރ ބޯއީއެއްގެ ގޮތުގައި އުޅުނު ޕީޓަރ ކްރެއިގެވެ. ކޯޓުގައި ކްރެއިގް ބުނެފައިވާގޮތުން، ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރިތާ 5 އަހަރު ފަހުން، 1976 ވަނަ އަހަރު އޭނާ ވަނީ ވިލްސަންއަށް އެ ވާހަކަތައް ތަފްޞީލުކޮށް ކިޔައިދީފައެވެ.

 

ވިލްސަން އާއި ދެކޮޅަށް ހެކިބަސްދިން ކްރެއިޣް (މ)

ކާކުކަން ހާމަނުކޮށް ކޯޓުގައި ހެކިބަސްދިން ފަރާތަކުން ބުނީ އޭނާގެ އުމުރުން 11 އަހަރުގައި ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރުމުން، އެ ވާހަކަ ވިލްސަންއަށް ކިޔައިދިން ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަމަށް ބުނެ، ވިލްސަން އޭނާއަށް އަދަބު ދީފައިވާ ކަމަށްވެސް ހެކިބަސްދިން މީހާ ވަނީ ބުނެފައެވެ.

ވިލްސަންގެ މައްޗަށް ކުށް ސާބިތުވާކަން ނިންމާފައިވާއިރު، އޭނާއަށް ޙުކުމް ކުރާނީ އަންނަ ޖޫން މަހުއެވެ. ވިލްސަންގެ ކުށަށް ބަލާއިރު، އޭނާގެ މައްޗަށް ކުރެވޭނީ ގިނަވެގެން 2 އަހަރުގެ ޖަލު ޙުކުމެކެވެ.

މި މައްސަލައިގައި ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ވިލްސަންގެ ޤާނޫނީ ޓީމުން ބުނެފައިވާއިރު، އުމުރުން 67 އަހަރުގެ ވިލްސަންއަށް އޮލްޒައިމަރޒް (ހަނދާން ނެތޭ ބަލި) ޖެހުމާއި ގުޅިގެން އޭނާގެ ޤާނޫނީ ޓީމުން ވަނީ 4 ފަހަރެއްގެމަތިން މި މައްސަލަ ބާޠިލްކޮށްދޭން އެދިފައެވެ.

މި މައްސަލައިގައި ހިމެނޭ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ފާދިރީ، ޖޭމްސް ފްލެޗަރގެ މައްޗަށް 9 ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ އެ މައްސަލައިގައި 2004 ވަނަ އަހަރު އޭނާ ވަނީ ޖަލަށް ލާފައެވެ. އޭގެ 2 އަހަރުފަހުން 2006 ގައި އޭނާ މަރުވީ ޖަލު ޙުކުމް ތަންފީޒު ކުރަމުންދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް