ކ. މާލެ
|
22 މެއި 2018 | އަންގާރަ 13:37
ޖަޒީރާ ރައީސްގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް
ޖަޒީރާ ރައީސްގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ޕްރައިމަރީ
ރައީސް ނަޝީދުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައި ނުގަނެފިނަމަ ސުޕްރީމް ކޯޓަށް ހުށަހަޅަނަން: އަސްލަމް
ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުން ޝަރުތު ހަމަވޭތޯ ބަލާ: އަސްލަމް
އޭގެފަހުން ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ
ސުޕްރީމް ކޯޓުން އެމައްސަލަ ބަލަންޖެހޭނީ ފަނޑިޔާރުންގެ ފުލް ބެންޗުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީން އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގެންފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

"ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ކުރިއަށް ގެންދާއިރު، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ރައީސް ނަޝީދުއަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނެފައި ނުވާކަމަށެވެ. 

"އިލެކްޝަންސް ކޮމިޝަނަށްވެސް އެންގުންތައް އެންގޭނީ ގާނޫނީ އިމުގެ ތެރެއިން. އެގޮތުން ދަންނަވާލަން އިންތިހާބުތަކާބެހޭ ގާނޫނުގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ، އިންތިހާބުތަކަށް ކުރިމަތިލާފައިވާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމާއި ލިޔެކިޔުންތައް ރަނގަޅުތޯ ބެލުން. އެއީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ބަލަންޖެހޭ ބެލުންތައް، ދެން ދެން ކުރިމަތި ލާފައިވާ މީހެއް ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުރިމަތިލި ފަރާތަށް ލިބިދޭ. ސުޕްރީމް ކޯޓުން އެމައްސަލައާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން،" އަސްލަމް ވިދާޅުވި އެވެ. 

އަސްލަމު ވިދާޅުވީ ކެންޑިޑޭޓުންގެ ކަންތައްތައް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ އިރު އޭގެ ބޭރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކެމްޕޭން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި "ޖަޒީރާ ރައީސް"ގެ ކެމްޕެއިން މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ. ޕްރައިމަރީގެ ވޯޓްލާ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމްތައް ދާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 30 ގައި ބާއްވަން ނިންމާފައިވާއިރު، ކުރިމަތިލައްވާފއިވަނީ ރައީސް ނަޝީދު އެކަންޏެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގައި އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 މެއި 2018 | އަންގާރަ 09:05
އަޙްމަދު
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ ދައުރުގައި އެމްޑީޕީގެ އަސާސީ ގަވައިދު ގާނޫނުތަކާ އެއްގޮތަށް އިސްލާހުކުރަން ހަތް ފަހަރެއްގެ މަތިން އެ ޕާޓީ އަށް އީސީ އިން ވަނީ އަންގައިފަ އެވެ.
22 މެއި 2018 | އަންގާރަ 08:48
އައިމަން
މެލޭޝިޔާގެ އަންވަރު އިބްރާހިމްއަށް ކޮށްފައިވާ ޖަލު ހުކުމްވެސް އެތަނުގެ ސްޕްރިންކޯޓުން ކޮންމެވެސް އެއްފަހަރަކު ބާޠިލްކޮށް ބާޠިލްކޮށް އޭނާ ދޫކުރި . އެކަމަކު ސްޕްރިން ކޯޓުން ފަހުން ބާޠިލްކުރި ހުކުމް އަލުން އިއާދަކޮށް އަންވަރު ޖަލަށް ލި. ވީމާ މިބުނަން އުޅެނީ ޖަލުހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެއޭ