ކ. މާލެ
|
22 މެއި 2018 | އަންގާރަ 12:46
ޑރ. މަޖީދު: ސިއްހީ ހާލުކޮޅު ގޯސްވެ، ހޭނާރާ އޮންނަތާ ފަސް ދުވަސް
ޑރ. މަޖީދު: ސިއްހީ ހާލުކޮޅު ގޯސްވެ، ހޭނާރާ އޮންނަތާ ފަސް ދުވަސް
ރައީސް އޮފީސް
ޑރ. މަޖީދު
ޑރ. މަޖީދު ކޯމާގައި ފަސް ދުވަސް، ހާލަތަކަށް ބަދަލެއް ނާދޭ
ކޯމާއަށް ދިޔައީ ސްޓްރޯކެއް ޖެހިގެން
ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގައި
ސްޓްރޯކާ ގުޅިގެން އޮޕަރޭޝަނެއްކޮށްފައިވޭ

ސްޓްރޯކެއް ޖެހި، ކޯމާއެއްގައި އޮތް ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އޭނާގެ ގާތް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހި، ހާލު ސީރިއަސްވެގެން ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. މަޖީދުގެ ހާލަތު ގޯސްވުމުން އޭނާ ނޭވާލައްވަމުން ގެންދަނީ ވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

ޑރ. މަޖީދުގެ ގާތް ބޭފުޅަކު "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ ޑރ. މަޖީދުގެ ހާލަތު ދެނެގަތުމަށް އިތުރު ޓެކްސްޓުތަކެއް ހޯމަ ދުވަހު ހަދާފައިވާ ކަމަށާއި ނަމަވެސް ހާލަތަށް ބަދަލެއް ނާންނަ ކަމަށެވެ. ޑރ. މަޖީދަށް ސްޓްރޯކު ޖެހުމާ ގުޅިގެން އޮޕަރޭޝަނެއް ކުރި ނަމަވެސް، ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ލޭ މައްޗަށް ދިއުމުގެ މައްސަލަ ވެސް ހުންނަ ޑރ. މަޖީދު ކޯމާއަށް ދިޔަ ޚަބަރު ލިބުމާއެކު، ރާއްޖޭގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައްޔާއި އެހެނިހެން ވަސީލަތްތަކުގައި ހަމްދަރުދީ ފާޅުކުރަމުންނެވެ. ގުރުއާނުގެ އިލްމު ފެތުރުއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ނަންގަވާފައިވާ ހަމައެކަނި ދިވެހި ބޭފުޅާއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދު ވަނީ އެމްޑީޕީ ސަރުކާރުގެ ތިން އަހަރު އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ.

ޑރ. މަޖީދުގެ އާއިލާއިން އެދިފައި ވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދެއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 މެއި 2018 | އަންގާރަ 07:56
ސޮމެޮނެ
ރައީސްނަސީދު ހޮސްޕިޓަލަށް ވަޑައިގެންފިތޯ ؟؟؟