ކ. މާލެ
|
22 މެއި 2018 | އަންގާރަ 11:47
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
މުހައްމަދު ޝަރުހާން
މެންބަރު އަބްދުﷲ ސިނާން
މި މަހު ބާއްވަން އުޅުނު ސިނާންގެ ތިން ވަނަ އަޑުއެހުން ވެސް ކެންސަލްކޮށްފި
ސިނާނަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ
ސިނާންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން ތާވަލުކުރި
ސިނާންގެ އިތުރުން ސިޔާސީ އެތައް ބަޔަކު ޖަލުގައި

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު 1:00ގައި ބާއްވަން ތާވަލު ކުރި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ސިނާން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ތާވަލުކުރި އަޑުއެހުމެކެވެ. މިއީ އެ އަޑުއެހުން ތާވަލު ކުރުމަށް ފަހު މި މަހުގެ ތެރޭގައި ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރުވައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސިނާން އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.

އޭގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ގާނޫނީ އުސޫލުތަކުގެ ބޭރުން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ސިނާން އުޅެފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.

އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި 16 ހެއްކެއް ސިއްރު ކުރަން ހުށަހަޅާފައިވެއެވެ. ސިއްރު ކުރަން ހުށަހެޅި ހެކިތަކުގެ ބަޔާންތަކެއް ވަނީ ލީކުވެފައެވެ.

ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް