ކ. މާލެ
|
22 މެއި 2018 | އަންގާރަ 07:44
މިނިސްޓަރ ތޯރިޤް
މިނިސްޓަރ ތޯރިޤް
ރާއްޖެ އެމްވީ
މިނިސްޓަރ ތޯރިޤް
ގުދުރަތީ ރީތިކަމުގެ އަގު ވަޒަންކުރާ ބަޔަކަށް ދިވެހިން ވުމަށް ގޮވާލައްވައިފި
ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގިނައިން ދެކެން ބޭނުން ވަނީ ފެހުރިހި
ްޕްލާސްޓިކް ފަދަ ތަކެތިން ފެހުރިހި ފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމަށް ގެއްލުންވޭ

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި މާހައުލުގައިވާ ދިރުންތަކާއި އެއިން ލިބޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާ ބަޔަށް ދިވެހިންވުމަށް، އެންވަޔަރުމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް އެދިވަޑައިގެންފި އެވެ.

މިއަހަރުގެ ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތޯބުގައި ވިދާޅުވީ، އިންސާނުންގެ އަމަލުތަކާއި ހެދި މި ދުނިޔެއިން އެތައް ދިރުމެއް ނެތިގޮސް، އެތައް މާހައުލެއް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައިވާ ގުދުރަތީ ވަސީލަތްތަކާއި އެވަސީލަތްތަކުގެ ހާލަތާއި މުސްތަޤްބަލުގައި ދެކެން ބޭނުންވާ ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާއިރު، އޭގެތެރެއިން 33 ޕަސެންޓް މީހުން ޒިޔާރަތްކުރަން ބޭނުންވަނީ ނުވަތަ ދެކެންބޭނުންވަނީ، ފެހުރިހި ކަމަށެވެ. މުޅި އަހަރުގެ ތެރޭގައި އަބަދުވެސް ރާއްޖެއިން ފެހުރިހި ފެންނަ އިރު، އެއްތަނަކުން އެންމެގިނައިން ފެހުރިހި ފެންނަ އެއް ސަރަހައްދަކީ އަރިއަތޮޅު ދެކުނުބުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެހުރިހިން ރާއްޖޭގެ އިޤްތިސޯދަށް ބޮޑު ފައިދާއެއް ވަމުންދާއިރު، މިފަދަ މުހިންމު ދިރުންތަކަށްވެސް ބައެއް މީހުން ގެއްލުންދެމުންދާކަމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި ކަނޑުތަކުގެ މާހައުލަށް އުކާލާ ކުނިބުންޏާއި ޕްލާސްޓިކް ފަދަ ތަކެތިން ފެހުރިހި ފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމަށް ގެއްލުންވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އެހެންކަމުން އެފަދަ ދިރުންތަކާއި މާހައުލަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ގުޅިފައިވާ ކަންކަމަށްވާއިރު ނޭދެވޭ ގެއްލުންތަކުން އެތަކެތި ސަލާމަތްކޮށް އަދި ހެޔޮގޮތުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ ބަޔަކަށް ވުމަށްވެސް، އެންވަޔަރުމަންޓް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 މެއި 2018 | ހުކުރު 03:19
ގާދިރު
ނަސީބެއްނު ފިނިފެންމަލެއް އޯކިޑްމަލަކައްނުހެދިކަން