ކ. މާލެ
|
22 މެއި 2018 | އަންގާރަ 05:11
މެނިފެސްޓޯ އެމްޑީޕީ ގައުމީ މަޖިލީހަށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މެނިފެސްޓޯ އެމްޑީޕީ ގައުމީ މަޖިލީހަށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ފޭސްބުކް
އެމްޑީޕީ މެނިފެސްޓޯ
އެމްޑީޕީގެ މެނިފެސްޓޯގެ މައުލޫމާތު ހިއްސާކޮށްފި
މިހާތަނަށް ނަޝީދު ވަނީ ދެ ސިޔާސަތެއް ހާމަކޮށްފައި

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލާ މެނިފެސްޓޯ އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި އެވެ. 

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، ނޫ އިޤްތިސާދުގެ ސިޔާސަތު ވަނީ ހާމަކުރައްވައިފި އެވެ. އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އާ މެނިފެސްޓޯގެ ތަސައްވަރެއް ފެންނަން ރަނގަޅު ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި ވިސްނުނު ކަންތައްތަކެއް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ މާ ކަނޑުގެ ބިޔަ ޖަޒީރާ ޤައުމެއް ކަމަށެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބިޔަ ބޮޑެތި ޤައުމުތަކާ އެއްވަރު ކަމަށާއި ރާއްޖޭގެ އިޤްތިޞާދަކީ ކަނޑުގެ މުއްސަދި ކަމުން ހަކަތަ ލިބޭ އިޤްތިޞާދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް ރައީސް ނަޝީދު ވަނީ  "މާކަނޑުގެ ބިޔަ ރާއްޖެ"، އަދި "ނޫ އިޤްތިޞާދު"ގެ ސިޔާސަތު އިއުލާނުކޮށްފަ އެވެ. 

އެމްޑީޕީން 2008 ވަނަ އަހަރު އެކުލަވާލެވުނު މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ ފަސް ވައުދެވެ. އަދި 2013 ވަނަ އަހަރު ވެސް އެކުލަވާލި މެނިފެސްޓޯގައި ހިމަނާފައި ވަނީ މައިގަނޑު ފަސް ވައުދުކަމުން ކުރިއަށް އޮތް 2018 ވަނަ އަހަރު އެކުލަވާލާ މެނިފެސްޓޯގައި ވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދުކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް އެ ފަސް ވައުދު ފުއްދުމަށްޓަކައި، ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށާއި އެމްޑީޕީން ސެޕްޓެމްބަރ މަހު ބާއްވާ ކޮންގްރެސްގައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް