ކ. މާލެ
|
22 މެއި 2018 | އަންގާރަ 05:14
އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގެ ތެރެއިން: ރިޔާސީ ޕްރައިމަރީ މިމަހު 30ގައި
އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގެ ތެރެއިން: ރިޔާސީ ޕްރައިމަރީ މިމަހު 30ގައި
މުހައްމަދު ޝަރުހާން
އެެމްޑީޕީގެ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ވޯޓު ލެވޭ ވަގުތު އިތުރުކޮށް ރިސޯޓްތަކުގައި ފޮށި ބަހައްޓަނީ
ވޯޓުލުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހު 14:00 އިން 00:00 އަށް
ރިސޯޓް ތަކުގައި ފޮށި ބަހައްޓަން އެހީތެރިވުމަށް ވަނީ އެދިފައި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި އިތުރުކޮށް ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މިހިނގާ މެއި މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ގިނަ ޢަދަދެއްގެ މެންބަރުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޕާޓީން ޤަބޫލުކުރާ ގޮތުގައި ވޯޓުލުމުގެ ފުރުޞަތު ވީހާވެސް ފުޅާކޮށް ހުޅުވާލެވިފައި އޮތުމަކީ ވޯޓުލުމުގެ ޙައްޤު ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން، ވޯޓުލުމަށް ކުރިން ކަނޑައަޅާފައިވާ ގަޑިތަކަށް ވަގުތު އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

އެމްޑީޕީން ބުނީ މިހާރު ރާއްޖޭގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 30 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އިން 00:00 އަށް ކަމަށެވެ.

ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ރިސޯޓުތަކުގައި ގިނަ ޢަދަދެއްގެ މެންބަރުން މަސައްކަތްކުރަމުން ދާތީ އެފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ވޯޓުލުމުގެ ޙައްޤު ބޭނުންކުރުމުގެ ފުރުޞަތު ލިއްބައި ދިނުމަށްޓަކައި، އެފަދަ ތަންތަނުގައި ވޯޓު ނެގުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އެގޮތުން އެކަން އިންތިޒާމްކޮށްދެއްވުމަށް ޕާޓީއަށް އެހީތެރިވެވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތައް 23 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 16:00 ގެ ކުރިން ޕާޓީއަށް އެކަން އަންގަވައި ދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް