ކ. މާލެ
|
22 މެއި 2018 | އަންގާރަ 01:07
ފުރޮޅާލި މޯލްޑިވިއަންގެ ވޭން
ފުރޮޅާލި މޯލްޑިވިއަންގެ ވޭން
ފޭސްބުކް
މޯލްޑިވިއަން
މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ
ފުރޮޅާލާފައިވާ ވޭންގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ވޭނެއް ހުޅުލޭގައި ދުއްވާފައި ދަނިކޮށް ފުރޮޅާލައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ކައިރިން މި ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހުގެ ރޭ 10:05 އެހާއިރުއެވެ. އެ ވޭން ފުރޮޅާލިއިރު ވޭނުގައި އިނީ ޑްރައިވަރު އެކަނިކަމަށް މައުލޫމާތު ލިބެއެވެ. މި ކަމާއި ގުޅިގެން މޯލްޑިވިއަންގެ ބަހެއް ނުލިބެއެވެ.

އެހެންނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ވޭން ދުއްވަން އިން ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ވޭނަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އެގޮތުން ވޭނުގެ ފަހަތު ބިއްލޫރިގަނޑު ތެޅިފައިވާއިރު، ވޭންގެ ކުރީ ހެޑްލައިޓް ވެސް ވަނީ ނެއްޓިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
27 ޖުލައި 2020 | ހޯމަ 07:03
މީކާއީލާ
ބޮޑު ވޭން ރީތި!