ކ. މާލެ
|
22 މެއި 2018 | އަންގާރަ 00:58
އެމްޑީޕީން އައްޑޫ ސިީޓީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީން އައްޑޫ ސިީޓީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ޖަޒީރާ ރައީސްގެ ކެމްޕެއިން ޖަލްސާއެއް ނައިފަރުގައި ބާއްވާނީ!
ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ޅ. އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 10:00 ގައެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ފަށާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ނައިފަރުގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ބުނީ ނައިފަރުގައި ބާއްވާ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ނައިފަރު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ރާއްޖޭގެ އެކިއެކި ރަށްތަކުގެ އެމްޑީޕީ މެމްބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމަނިކުފާނު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ސްކައިޕް މެދިވެރިކޮށް، މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ގުޅުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ޕާޓީގެ އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް ބައިއަތު ހިއްޕަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް