ކ. މާލެ
|
21 މެއި 2018 | ހޯމަ 21:56
އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާ ދައްކުވައި ދެނީ
އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާ ދައްކުވައި ދެނީ
ރޮއިޓަރސް
މޮރޮކޯގެ މުޒާހަރާ
އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުން މޮރޮކޯގައި މުޒާހަރާ ކުރަނީ
ދެ ގައުމު ގުޅިގެން ބޯޑަރު ރަސްމީކޮށް ކަނޑައަޅަން ވަނީ ގޮވާލާފަ

އިޒްރާއިލްގެ ވެރި ރަށަކީ ގުދުސްކަމަށް ނިންމައި، ގުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން މޮރޮކޯގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މޮރޮކޯގެ ހަތަރު ސިޔާސީ ޕާޓީން އިންތިޒާމުކޮށްގެން ބާއްވާ މި މުޒާހަރާގައި އާދީއްތަ ދުވަހު 10،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ ފަލަސްތީނުގެ ދިދަ ހޫރުވައި ފަލަސްތީނުގެ ވެރި ރަށަކީ ގުދުސް ކަމަށް ލިޔެފައިވާ ބޯޑުތައް އުފުލައި، އެއް އަޑުން ޝުއޫރު ފާޅުކުރި އެވެ. 

ތެލް އަވީވްގައި ކުރިން ހުރި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 14 ގަ އެވެ. މި ނިންމުން އެމެރިކާއިން ނިންމައިފައި ވަނީ އެތައް އަހަރެއް ވަންދެން ފަސް ކުރުމަށް ފަހުއެވެ. މި ނިންމުމުގެ ސަބަބުން އިޒްރާއިލުން އުފާފާޅު ކުރުން މަތީ ތިބިކަމުގައިވީ ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ ކެނޑުމެއް ނެތި މުޒާހަރާކުރަމުންނެވެ. 

ފަލަސްތީނާއި އިޒްރާއިލާ ދެމެދު ސުލްހަވެރިކަމަށް އެޅިގެންދާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ދެ ގައުމުން ގުދުސް ބޭނުންވުމެވެ. މެދުއިރުމަތީގެ 1967 ވަނަ އަހަރުގެ ހަނގުރާމާގައި އިޒްރާއިލުން ވަނީ ގަދަކަމުން ފަލަސްތީނުގެ ވެރިރަށް ގުދުސް ފޭރިގެންފައެވެ.

އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވި ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ޝުއޫރު ފާޅުކުރަން ގަޒާއާއި އިޒްރާއިލްގެ ބޯޑަރުގައި އިހްތިޖާޖު ކުރުމާ ގުޅިގެން އިޒްރާއިލުން ވަނީ ނިކަމެތި ފަލަސްތީނުގެ 60އަށް ވުރެ ގިނަ ރައްޔިތުން ރަހުމް ކުޑަކޮށް މަރާލާފައެވެ. އިޒްރާއިލުން ބުނީ މުޒާހަރާ ރާވާފައި ވަނީ ހަމާސް އިން ކަމަށެވެ. ހަމާސް ވަނީ މިކަން ކަނޑައެޅިގެން ދޮގުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް