ކ. މާލެ
|
21 މެއި 2018 | ހޯމަ 19:30
ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ގެންދަނީ
ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ގެންދަނީ
ރާއްޖެ އެމްވީ
ރައިީސް ނަޝީދު 2018
ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިއަށް!
ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޑީޕީ ހަރުގެ ކުރިމަތީގައި

އެމްޑީޕީގެ ޕަރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

ޖަޒީރާ ރައީސްގެ ކެމްޕްއިން ހަރަކާތްތައް ފަށާފައި ވަނީ ކުޅުދުއްފުށީ އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތަކުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީގެ އެމްޑީޕީ ހަރުގެ ހިންގުމާއި ހަވާލުވެ ހުންނެވި އަލީ މުހައްމަދު ބުނީ މި ހަރަކާތުގައި ކުޅުދުއްފުށީ އެމްޑީޕީއަށް ނިސްބަތްވާ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ކައުންސިލްގެ މެމްބަރުން ބައިވެރި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕޯސްޓަރު ހަރުކުރުމާއި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަލީ މުހައްމަދު ބުންޏެއެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައި ވަނީ އެޕާޓީގެ ލީޑަރ މުހައްމަދު ނަޝީދުއެވެ. ޖަޒީރާ ރައީސްގެ ނަމުގައި އެމަނިކުފާން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް މިހާރު ދަނީ ކުރިއަށް ގެންދަވަމުންނެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް