އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ރަޝިއާގެ ސިޓީއެއް ކަމަށްވާ ސޯޗީ ގައި ބައްދަލު ކުރައްވައިފިއެވެ.
ބްލެކް ސީ ރިޒޯޓެއް ކަމަށްވާ ސޯޗީ ގައި ދެގަމުގެ ވެރިން ބައްދަލުކުރެއްވީ ބޭއްވީ ނުރަސްމީ ސަމިޓެއްގައި ކަމަށް ރިޕޯޓުތައް ބުނާއިރު، ސަމިޓުގެ ކުރިން ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ ރައީސް ޕޫޓިން އާ އެކު ބާއްވާ ބައްދަލުވުމުގެ ސަބަބުން ރަޝިއާ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށެވެ.
އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން ރަޝިއާ އާއި އިންޑިއާގެ ވެރިންގެ ބައްދަލުވުމުގެ މައިގަނޑު ފޯކަސްއަކަށް ވެގެން ދާނީ އެމެރިކާ އިން އިރާނުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވުމަށް ނިންމުމާއި އަދިވެސް އެހެނިހެން ބައެއް މައްސަލަތަކެެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮޑުވަޒީރު މޯދީ، ޕޫޓިން އާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ދައުވަތު ދެއްވީތީ ޝުކުރު އަދާކުރައްވާފައިވެއެވެ.