ކ. މާލެ
|
21 މެއި 2018 | ހޯމަ 17:53
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް - ވަކީލުންނާއި ބައްދަލުނުވާތާ ވަނީ 2 ހަފްތާ ވެފައި
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް - ވަކީލުންނާއި ބައްދަލުނުވާތާ ވަނީ 2 ހަފްތާ ވެފައި
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އަދީބާއި ބައްދަލުކުރެވޭނީ ކޯޓުން ނުދޭ ލިޔުންތަކެއް ހުށަހެޅުމުން ކަމަށް ކަރެކްޝަނުން ވަނީ އަންގާފައި: ވަކީލް ސިރާޖް
ހުށަހެޅުމަށް އެންގީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން
އެއީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދޭ ލިޔުމެއް ނޫން
ވޭތުވެދިޔަ ދެ ހަފްތާގައި އެކި އުޒުރު ދައްކައި، އަދީބަށް ވަކީލުންނާއި ބައްދަލުވުމުގެ ފުރުޞަތު ދީފައެއް ނުވޭ

އެކި ކުށްތަކުގައި 33 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރެވޭނީ އެއްވެސް އިރެއްގައި ކްރިމިނަލް ކޯޓުން ނުދޭ ލިޔުންތަކެއް ހުށަހެޅުމުން ކަމަށް އަދީބްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ، ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުމަކީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދީއުޅޭ ލިޔުމެއް ނޫން ކަމަށެވެ.

ސިރާޖް ވަނީ ކަންކަން ކުރުމަށް އަންގާއިރު އެކަންކަން އޮންނަ ގޮތް ސާފުކޮށްފައި އެކަމެއް ކުރަން އެންގުމަށް ގޮވާލާފައެވެ.

މި މޭ މަސް ފެށުނުތަނާހެން، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މާފުށީ ޖަލަށް ކުއްލި ޙާލަތެއް އައިސްފައިވާ ކަމަށް ބުނެ، ކަރެކްޝަނަލް ސަރވިސްއިން ވަނީ އަދީބު ފުލުހުންނާ ހަވާލުކޮށް ދޫނިދޫއަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ދެ ފަހަރެއްގެމަތިން އަދީބަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ދިން ނަމަވެސް ވޭތުވެދިޔަ ދެ ހަފްތާގައި އެކި އުޒުރުތައް ދައްކައި، އަދީބަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް