ކ. މާލެ
|
21 މެއި 2018 | ހޯމަ 15:21
އެބޯލާ ފެތުރެމުންދާ ކެންގޯ
އެބޯލާ ފެތުރެމުންދާ ކެންގޯ
އެންސީބީ ނިއުސް
އެބޯލާ ވައިރަސް
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
އެބޯލާ ޖެހިގެން ކޮންގޯއިން މިއަހަރު މިހާތަނަށް 26 މީހުން މަރުވެފައިވޭ

ކާމިޔާބު ކަމަށް ބުނާ އެބޯލާ ތަހުލީލީ ވެކްސިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ދޭން ފަށައިފިއެވެ.

އެބޯލާ ޖެހުމުން އެއިން ސަލާމަތް ވުމަށް ވަކި ޚާއްސަ ބޭހެއް ނުހުރެއެވެ. އެބޯލާ ވައިރަސް އާއި ދެކޮޅަށް އުފެއްދި  ތަހުލީލީ ވެކްސިން ކޮންގޯއަށް ގެންގޮސްފައިވާއިރު އެންމެ ފުރަތަމަ އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެބޯލާ ތަހުލީލީ ވެކްސިނަކީ ކޮންގޯގައި އެންމެ ގަދައަށް ވެކްސިން ފެތުރެމުންދިޔަ ދުވަސްވަރު ކަމަށްވާ 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް އެފްރިކާގެ ގައުމުތަކުގައި ޓެސްޓް ކުރެވިފައިވާ ވެކްސިނެކެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް 11،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެބޯލާ ޖެހިގެން ކޮންގޯއިން މިއަހަރު މިހާތަނަށް 26 މީހުން މަރުވެފައިވެއެވެ.

މި ވެކްސިންގެ ނަމަކީ  ރިކޮމްބިނަންޓް ވެސިކިއުލާ ސްޓޮމަޓިޓިސް ވައިރަސް- ޒައިރީ އެބޯލާ ވައިރަސް (އާރު.ވީއެސްވީ- ޒެޑް.އީ.ބީ.އޯވީ)އެވެ. މި ވެކްސިން ފުރަތަމަ ބުރުގައި 8،000 އާއި 10،000 އާއި ދޭތެރޭ އަދަދެއްގެ މީހުންނަށް ދެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ޕީޓާ ސަލާމާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް