ކ. މާލެ
|
21 މެއި 2018 | ހޯމަ 14:49
ފުލުހުންގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
ފުލުހުންގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
ޕޮލިސް
ދިވެހި ފުލުހުން
ބައިނަލްއަޤުވާމީ ބޮޑެތި ކުށްތަކާއި ބެހޭ ވަރކްޝޮޕެއްގައި ބައިވެރިވުމަށް އެސްޕީ މޫސާ ޢަލީ ޖަރުމަނަށް
ވޯކްޝޮޕް ކުރިއަށްދާނީ މި މެއި މަހުގެ 22 ން 24 އަށް

ގްލޯބަލް ކައުންޓަރިންގ ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް (ސީ.ޓީ.އޯ.ސީ) އެލުމިނި ކޮމިއުނިޓީ އޮފް އިންޓްރެސްޓް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ފުލުހުންގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ޖަރުމަނުވިލާތަށް ވަޑައިގެންފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އެސްޕީ މޫސާ ޢަލީ ޖަރުމަނުވިލާތަށް ވަޑައިގެންފައިވަނީ އާދީއްތަ ދުވަހުއެވެ.

ބައިނަލްއަގުވާމީ މިންގަޑުތަކުން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ މަސައްކަތުގައި މަޝްއޫލްވެ އުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޖޯޖް ސީ.މާޝަލް ޔޫރަޕިއަން ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒުން އިންތިޒާމް ކޮށްގެން ބާއްވާ މި ވޯކްޝޮޕް ކުރިއަށްދާނީ މި މެއި މަހުގެ 22 ން 24 އަށް ޖަރުމަން ވިލާތުގެ ގާމިޝް ޕާޓެންކީރްޗެންގައެވެ.

މި ވޯކްޝޮޕްގައި ގްލޯބަލް ކައުންޓަރިން ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމްގެ ނުރައްކާތަކާއި މިފަދަ ކުށްތައް ހުއްޓުވުމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެސްޓް ޕްރެކްޓިސްތަކުގެ އިތުރުން މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މާޝަލް ސެންޓަރާއި ރީޖަނަލް ސެންޓަރުތަކާމެދު އޮންނަ ގުޅުން ހަރުދަނާކޮށް މިފަދަ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 މެއި 2018 | ހޯމަ 09:59
ފެނިފަ އެވެރިން
ތިޔަ ކުލަބަރި ފެނިފަ އެވެރިން ހޭނުނެތިޖެއްޔާ ސަހަރޯ