ކ. މާލެ
|
21 މެއި 2018 | ހޯމަ 13:47
ޖޯޑަން ޕީލޭ
ޖޯޑަން ޕީލޭ
ގެޓީ އިމޭޖަސް
ޖޯޑަން ޕީލޭ
އެމެޒޯންއަށް ޖޯޑަން ޕީލޭ ސީރީޒްއެއް ހަދަނީ
 
ފުރަތަމަ ސީޒަންގައި ގެނެސްދެނީ 10 އެޕިސޯޑް

މިދިޔަ އަހަރު ނިކުތް މަޝްހޫރު ބިރުވެރި ފިލްމު ގެޓްއައުޓްގެ ތަރި އަދި އެފިލްމުގެ ޑައިރެކްޓަރ ޖޯޑަން ޕީލޭ އެމެޒޯންއަށް ސީރީޒްއެއް ހެދުމަށް ނިންމައިފިއެވެ.

މަޝްހޫރު ސްޓްރީމިންސް ސާވިސް އެމެޒޯންއާއި އެކީ ޕީލޭ އުފައްދަން ނިންމާފައިވާ ސީރީޒްގެ ނަމަކީ "ދަ ހަންޓް"އެވެ. މި ސީރީޒް ޕީލޭ އުފައްދާއިރު ޕްރޮޑިއުސް ކުރަން ނިންމާފައިވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ މަންކީޕޯ ޕްރޮޑަކްޝަންއާއި ސޯނާ އެންޓަޓައިންމަންޓުންނެވެ.

މިސީރީޒްއާއި ބެހޭގޮތުން އެމެޒޯންއިން ބުނެފައިވަނީ މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނޭނީ 10 އެޕިސޯޑް ކަމަށާއި 200 އަށް ވުރެ ގިނަ ގައުމު ތަކުން މި ސީރީޒް ފެންނާނެ ކަމަށެވެ.

ޕީލޭ މި ސީރީޒްއާއި ބެހޭގޮތުން ބުނެފައިވަނީ މި ސީރީޒްއަކީ ބިރުވެރި، ހިތާމަވެރި، އަދި އުފާވެރި އެތަށް ކަމެއް ފެނިގެންދާނެ ސީރީޒްއެއް ކަމަށެވެ. އަދި މިސީރީޒްއަކީ ބޭނުންވާ ކަހަލަ ސީރީޒްއެއް ކަމަށް އޭނާ ބުންޏެވެ.

އުމުރުން މިހާރު 39 އަހަރުގެ ޕީލޭ ލިޔެ އުފެއްދި ގެޓްއައުޓަށް ވަނީ އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް އޮސްކާ އެވޯޑުން މިދިޔަ އަހަރު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި